ދިވެހި|English 9 ޖުލައި 2026 · 05:12
Top banner
Advertisement
އަފްޣާނިސްތާނުން ޓެރަރިސްު ހަމަތައް އައިސްފާނެ ކަމަށް ބުނެފި
ދުނިޔެ

އަފްޣާނިސްތާނުން ޓެރަރިސްު ހަމަތައް އައިސްފާނެ ކަމަށް ބުނެފި

އއިބްރާހީމްް ސަމީރު14 ޑިސެމްބަރު 2024
އަފްޣާނިސްތާނުގައި ހަރަކާތްތެރިވާ "އެންމެ ބޮޑު ޓެރަރިސްޓް ޖަމާއަތް" ކަމަށްވާ މަނާކޮށްފައިވާ ތަހްރީކޭ ތާލިބާން ޕާކިސްތާން (ޓީޓީޕީ) އަކީ ސަރަހައްދީ އަދި ދުނިޔޭގެ ޓެރަރިސްޓް އެޖެންޑާއަކާއެކު އަލްގައިދާގެ ގޮތްޕެއް ގޮތަށް އުފެދިދާނެ ޖަމާއަތެއް ކަމަށް ބުނެ ޕާކިސްތާނުން އިންޒާރު ދީފިއެވެ. ޓީޓީޕީ ހަނގުރާމަވެރިން ވަނީ ޕާކިސްތާންގެ އަމާޒު ތަކަށް ހަމަލަ ދީފައެވެ. އެމީހުންގެ ހަމަލާތަކާ ހެދި، ޕާކިސްތާނާއި ތާލިބާނުންގެ ވެރިކަމާ އޮންނަ ގުޅުން ވަނީ ގޯސްވެފަ އެވެ. އިސްލާމްއާބާދުން ވަނީ އަފްޣާން ތާލިބާނުންނަށް ޓީޓީޕީއާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ތަކުރާރުކޮށް އިލްތިމާސް ކޮށްފައެވެ. ނަމަވެސް ކާބުލްގައި ހުންނަ ތާލިބާނުންގެ ލީޑަޝިޕުން ވަނީ ޕާކިސްތާނާ ދެކޮޅަށް އަފްޣާނިސްތާންގައި ތިބެގެން ހަމަލަދޭ ކަމަށް ބުނާ ވާހަކަތައް ދޮގުކޮށްފައެވެ. މީގެ ކުރިން ޕާކިސްތާންގެ ފޮރިން އޮފީހުން ބުނެފައި ވަނީ މިމައްސަލަތަކުގައި މަޝްވަރާއަށް ޕާކިސްތާނުން ތާލިބާނަށް ގޮވާލާ ކަމަށެވެ. ޕަކިސްތާނުން އދގައި ވާހަކަ ދައްކަމުން ބުރާސްފަތި ދުވަހު ބުނެފައި ބަނީ، އަފްޣާނިސްތާނުގެ ވަގުތީ ސަރުކާރުން އައިސްގެ އަފްޣާން ގޮފި ކަމަށްވާ އައިސިސް ޚުރާސާންއާ ހަނގުރާމަ ކުރަމުންދާއިރު، އަލްގައިދާއާއި ޓީޓީޕީ، އާއި އަދި އެހެނިހެން އެކިއެކި ޓެރަރިސްޓް ޖަމާއަތްތަކުން ކުރިމަތިވާ ނުރައްކާތަކަށް ހައްލެއް ނުލިބޭ ކަމަށެވެ.

ގުޅުންހުރި ޚަބަރު