ދިވެހި|English 9 ޖުލައި 2026 · 04:23
Top banner
Advertisement
އެކްސްޕޯޓު އެއް ޓްރިލިއަން ޑޮލަރަށް އިތުރުވާނެ
ދުނިޔެ

އެކްސްޕޯޓު އެއް ޓްރިލިއަން ޑޮލަރަށް އިތުރުވާނެ

އއިބްރާހީމްް ސަމީރު15 ޑިސެމްބަރު 2024
އިންޑިއާ އިން ލަފާ  ކުރާ ގޮތުގައި ކުރިއަށް އޮތް ދެ އަހަރު ނޫނީ ދެ އަހަރާއި ބައިގެ ތެރޭގައި އިންޑިއާގެ އެކްސްޕޯޓް އެއް ޓްރިލިއަން ޑޮލަރަށް ވުރެ މައްޗަށް އަރައިގެން ހިނގައިދާނެ އެވެ. މި ހިނގާ އަހަރު އިންޑިއާގެ އެކްސްޕޯޓު 800 ބިލިއަން ޑޮލަރަށް ވުރެ އިތުރުވާނެ ކަމަށް ލަފާ ކުރެވެއެވެ. އިންޑިއާ އިކޮނޮމިކް ކޮންކްލޭވްގައި ވާހަކަ ދައްކަވަމުން އިންޑިއާގެ ކޮމާސް މިނިސޓަރު ޕިޔުޝް ގޯޔަލް ވަނީ އިންވެސްޓްމަންޓަށް ފައްކާ މަންޒިލެއްގެ ގޮތުގައި އިންޑިއާ ބަލައިގަތުމަށް އިންވެސްޓަރުންނަށް ބާރުއަޅުއްވާފައެވެ. އޭނާ ވަނީ އިންޑިއާގެ ބޮޑެތި އިންފްރާސްޓްރަކްޗަރ މަޝްރޫއުތަކާއި، ސޯޝަލް ވެލްފެއާ ޕްރޮގްރާމްތަކާއި، އަންހެނުނަށް އިސްކަން ދޭ ތަރައްގީގެ މަޝްރޫޢުތައް ވިދާޅުވެ ދެއްވާފައެވެ. އިންޑިއާގެ ވަޒީރު ވިދާޅުވީ، ފާއިތުވި ދިހަ އަހަރު ތެރޭގައި މަރުކަޒީ ސަރުކާރުން ވަނީ މަގުތަކާއި އެކްސްޕްރެސްވޭ ހެދުމަށް އިންވެސްޓްކޮށް،  މަގުތައް ތިންގުނައަށް އިތުރު ކޮށްފައެވެ. އަދި މުވާސަލާތީ ގުޅުމުގެ ދާއިރާގައި، 4ޖީ އަދި 5ޖީ ނެޓްވޯކްތައް ހަލުވިކަމާއެކު ތައާރަފް ކުރެވޭ ކަންވެސް ފާހަގަ ކުރައްވާފައެވެ. ގޯޔަލް ހާމަކުރެއްވި ގޮތުގައި އިންޑިއާގައި ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް (އެފްޑީއައި) މިދިޔަ ދިހަ އަހަރު ތެރޭގައި %119 އަށް އިތުރުވެފައިވެއެވެ. އިންޑިއާގެ އެއް ޓްރިލިއަން ޑޮލަރުގެ އެފްޑީއައިގެ ތިންބައިކުޅަ ދެބައި އައިސްފައި ވަނީ މިދިޔަ 10 އަހަރު ތެރޭގަ އެވެ. މުސްތަގްބަލަށް އިންޑިއާގެ ތަރައްގީ ލަފާ ކުރައްވަމުން، ގޯޔަލް ވިދާޅުވީ 2047 ވަނަ އަހަރު އިންޑިއާގެ އިގްތިސާދު 30-35 ޓްރިލިއަން ޑޮލަރުގެ އިގްތިސާދަކަށް ވެގެންދާނެ ކަމަށެވެ.

ގުޅުންހުރި ޚަބަރު