ދިވެހި|English 9 ޖުލައި 2026 · 04:23
Top banner
Advertisement
ސްރީލަންކާއާއި އިންޑިއާގެ ގުޅުމަށް އައު ބަދަހިކަމެއް
ދުނިޔެ

ސްރީލަންކާއާއި އިންޑިއާގެ ގުޅުމަށް އައު ބަދަހިކަމެއް

އއިބްރާހީމްް ސަމީރު18 ޑިސެމްބަރު 2024
ސްރީލަންކާގެގެ ރައީސް އަނޫރާ ކުމާރާ ޑިސާނާޔަކަ އިންޑިއާއަށް ކުރެއްވި ދަތުރުފުޅަކީ މިހާރުވެސް ދެގައުމުގެ ދެމެދުގައި އޮތް ބަދަހި، ގުޅުން އިތުރަށް ކުރިއެރުވުމަށް މުހިންމު ދަތުރުފުޅެއް ކަމަށް އިންޑިއާގެ ފޮރިން ސެކްރެޓަރީ ވިކްރަމް މިސްރީ ވިދާޅުވެއެވެ. މި ދަތުރުފުޅަކީ، ޑިސަނާޔަކަ މަގާމާ ހަވާލުވެ ވަޑައިގަތުމަށްފަހު ކުރެއްވި ފުރަތަމަ ފުރަމާނަ ދަތުރުފުޅެވެ. ޑިސަނާޔަކަގެ ދަތުރުފުޅުގައި، ސްރީލަންކާގެ ދަރަނި ރީސްޓްރަކްޗާ ކުރުމަށް އިންޑިއާއިން ނިންމި ނިންމުމާއި، ސްރީލަންކާގެގައި ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިއާއިން ހިލޭ އެހީ ފޯރުކޮށްދިނުމަށް ނިންމާފައި ވާތީ އެކަމަށް ރައީސް ޑިސަނާޔަކަ ޝުކުރު އަދާކުރެއްވިއެވެ. ސްރީލަންކާގައި ނިމިފައިވާ ހަތް ލައިން އޮފް ކްރެޑިޓް ޕްރޮޖެކްޓާ ގުޅޭ ފައިސާއަށް އިންޑިއާއިން ގްރާންޓް އެހީގެ ގޮތުގައި 20.66 މިލިއަން ޑޮލަރު ކަނޑައެޅުމުން އެކަމަށްވެސް ޑިސަނާޔަކަ ޝުކުރު އަދާކުރެއްވި އެވެ. އިންޑިއާގެ ފޮރިން ސެކްރެޓަރީ އިތުރަށް ވިދާޅުވީ، ސްރީލަންކާގެގެ އިގްތިސާދީ ހަމަޖެހުމަށް ކޮލޮމްބޯއިން ކުރާ މަސައްކަތަށް އެއްބާރުލުން ދިނުމަށް އިންޑިއާގެ  ބޮޑުވަޒީރު ނަރެންދުރަ މޯދީ ވައުދުވެވަޑައިގެންނެވި ކަމަށެވެ. އިންޑިއާގެ އެންމެ ގާތް ކަނޑުގެ އަވަށްޓެރި ގައުމު، ސްރީލަންކާގެގެ މުހިންމުކަމަށް އަލިއަޅުވާލައްވަމުން މިސްރީ ވިދާޅުވީ މި ދަތުރުފުޅުން ދައްކުވައިދެނީ އިންޑިއާގެ "ނެއިބަރހުޑް ފަސްޓް ޕޮލިސީ" އާއި "ވިޝަން ސާގަރު" ގައި ބިންވަޅު ނެގިފައިވާ ޕާޓްނަޝިޕް ކަމަށެވެ. މިސްރީ އިތުރަށް ފާހަގަކުރެއްވި ގޮތުގައި ސްރީލަންކާގެ އިގްތިސާދީ ހަލަބޮލިކަމުގައި، 2022-2023 ވަނަ އަހަރުގެ ތެރޭގައި އިންޑިއާއިން 4 ބިލިއަން ޑޮލަރުގެ އެހީ ދިނުމަށް ކުރިމަސައްކަތާއެކު ސްރީލަންކާގެގެ މާލީ ހަމަޖެހުން ގާއިމްކޮށް، ވިޔަފާރިއާއި، ފަތުރުވެރިކަމާއި، ހަކަތަ، އަދި ޑިޖިޓަލް ކަނެކްޓިވިޓީ ފަދަ މުހިންމު ދާއިރާތަކުގައި ދެގައުމުގެ އެއްބާރުލުން ފުންވަމުންދާ ކަމަށެވެ. އަދި އޭނާ ވިދާޅުވީ، ސްރީލަންކާގެގައި ޑިޓިޓަލް ޕޭމެންޓްގެ ނިޒާމު، ޔޫޕީއައިގެ ހިދުމަތްތައް ތައާރަފް ކުރުމާއި އިންޑިއާގެ ކަރަންޓު ވިއުގައާއި ގުޅުވާލުމާއި އިންޑިއާއިން ގޭސް ސަޕްލައި ކޮށްދިނުމަށް ރާވާފައިވާ ކަންކަމުގެ ސަބަބުން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ވެގެން ދާނެއެވެ. ސްރީލަންކާގެގެ ރައީސް ނިއުދިއްލީއަށް ކުރެއްވި 3 ދުވަހުގެ ދަތުރުފުޅު ނިންމެވީ އިއްޔެ އެވެ. މިއީ ސެޕްޓެމްބަރު މަހު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ޑިސަނާޔަކޭ އިންޑިއާއަށް ކުރައްވާ ފުރަތަމަ ބައިލެޓަރަލް ދަތުރުފުޅެވެ.

ގުޅުންހުރި ޚަބަރު