ދިވެހި|English 9 ޖުލައި 2026 · 04:23
Top banner
Advertisement
ސަރަހައްދު ފިނިކުރުމަށް އިންޑިއާ ޗައިނާ  ބައްދަލުކޮށްފި
ދުނިޔެ

ސަރަހައްދު ފިނިކުރުމަށް އިންޑިއާ ޗައިނާ ބައްދަލުކޮށްފި

އއިބްރާހީމްް ސަމީރު20 ޑިސެމްބަރު 2024
އިންޑިއާއާއި ޗައިނާގެ ދެމެދު ލައިން އޮފް އެކްޗުއަލް ކޮންޓްރޯލް (އެލްއޭސީ) ގައި އަހަރުތަކެއް ވަންދެން އުފެދިފައިވާ ހަމަނުޖެހުން ފިނި ކުރުމަށް، އިންޑިއާ އާއި ޗައިނާ އިން ބައްދަލު ވުމެއް ބާއްވައިފިއެވެ. ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހު ބެއިޖިންގައި ބޭއްވި ބައްދަލުވުމަކީ،  ޚާއްސަ މަންދޫބުންގެ 23 ވަނަ ބައްދަލުވުމެވެ. އެއީ 2020 ވަނަ އަހަރު ސަރަހައްދުގައި ހަމަނުޖެހުން ހިނގައި ހޫނުވުމަށްފަހު ފުރަތަމަ ފަހަރަށް ދެ ފަރާތުން އިސްވެރިން މަޝްވަރާގެ މޭޒު ދޮށަށް އެއްވުމެކެވެ. އިންޑިއާގެ ފަރާތުން  އިންޑިއާގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު އަޖިތު ޑޯވަލްއާއި ޗައިނާގެ ފަރާތުން ޚާރިޖީ ވަޒީރު ވާންގ ޔީ އެވެ. މި ބައްދަލުވުމުގައި ދެ ފަރާތުންވެސް ފާހަގަކޮށްފައިވަނީ މަޑުމަޑުން ކަންކަން މައިތިރި ކުރުމަށް ފުރުސަތު ދިނުމަށެވެ. އަދި މަޝްވަރާތަކުގެ ތެރޭގައި ކައިލާޝް މަންސަރޯވާރަށް އަޅުކަމަށްދާ މީހުންގެ ދަތުރުތައް އަލުން ފެށުމާއި ސަރަހައްދު ހުރަސްކޮށް އިންޑިއާއަށް ވަން ކޯރުގެ ފެނުގެ ޑޭޓާ ހިއްސާކުރުމަށާއި ބޯޑަރ ޓްރޭޑް ރަނގަޅުކުރުމަށް މަސައްކަތްކުރުން ހިމެނެއެވެ. ދެގައުމުގެ ވިޔަފާރި 23 ވަނަ އަހަރު 113 ބިލިއަން ޑޮލަރަށް ވުރެ މައްޗަށް ގޮސްފައިވާއިރު، ވިޔަފާރިއަށް ފުރުސަތު ދިނުމަށްވެސް އެއްބަސްވެފައި ވެއެވެ.

ގުޅުންހުރި ޚަބަރު