ދިވެހި|English 9 ޖުލައި 2026 · 04:22
Top banner
Advertisement
ސްރީލަންކާ އިންޑިއާ ތެޔޮ ހޮޅި ޔޫއޭއީގެ އެހީއާއެކު
ދުނިޔެ

ސްރީލަންކާ އިންޑިއާ ތެޔޮ ހޮޅި ޔޫއޭއީގެ އެހީއާއެކު

އއިބްރާހީމްް ސަމީރު20 ޑިސެމްބަރު 2024
އިންޑިއާއިން ސްރީލަންކާއަށް ތެލާއި ގެސް ސަޕްލައި ކުރުމަށް ބިނާ ކުރާ ޕައިޕްލައިން ބިނާ ކުރާނީ ޔޫއޭއީއާ ގުޅިގެންނެވެ. މި ޕައިޕްލައިން ބިނާ ކުރުމުގެ މަސައްކަތަކީ، ސްރީލަންކާއިން ހަކަތަ އިމްޕޯޓު ކުރުމަށް ބޭރު ފައިސާއަށް ބާރޯސާވާ މިންވަރު ކުޑަ ކުރުމަށް ކުރާ މަސައްކަތުން ބައެކެވެ. އިންޑިއާއަށް ސްރީލަންކާގެ ރައީސް އަރޫނާ ކުރާމަ ޑިސަނާޔަކަ ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި އެއްބަސްވެފައި ވަނީ، ހަކަތައިގެ ދާއިރާއިން ގުޅުން ބަދަހި ކުރުމުގެ އިތުރުން ތިމާވެށްޓާ ރައްޓެހި ގޮތްތައް ބޭނުންކޮށްގެން ސްރީލަންކާއަށް ހަކަތަ އުފެއްދުމަށް އެހީވުމައި އިންޑިއާގެ ކަރަންޓު ސްރީލަންކާއަށް ސަޕްލައި ކުރާށެވެ. އިންޑިއާއަކީ ނޭޕާލުގައި ޖޮއިންޓް ވެންޗަރއެއްގައި އުފައްދާ ކަރަންޓު ބަންގްލަދޭޝަށްވެސް ވިއްކާ ޤައުމެކެވެ. އޭގެ އިތުރުން ކުމާރާ ޑިސަނާޔަކަގެ ދަތުރުފުޅުގައި އިންޑިއާގެ ޑިޖިޓަލް ސްޓެކް ސްރީލންކާގައި އިންޕްލިމެންޓް ކުރުމަށް އެހީވެދިނުން ހިމެނެއެވެ. އެގޮތުން އިންޑިއާގެ ޓެކްނޮލޮޖީ ސްޓެކްގައި ހިމެނޭ ޑިޖިލޮކާއާއި ކާކުކަން އަންގައިދޭ ޑޭޓާބޭސްގެ ސޮފްޓްވެއަރ އިމްޕްލިމެންޓު ކުރުން ހިމެނެއެވެ. ޑިސަނާޔަކަ ވަނީ އިންޑިއާއާ ދެކޮޅަށް ކުރާ އެއްވެސް ހަރަކާތަކަށް ސްރީލަންކާ ގެ ފަސްގަނޑު ބޭނުން ކުރުމަށް ފުރުސަތެއް ނުދޭނެ ކަމަށެވެ.

ގުޅުންހުރި ޚަބަރު