ދިވެހި|English 9 ޖުލައި 2026 · 04:22
Top banner
Advertisement
ޗައިނާގެ އައު އެމްބަސީ ބިލްޑިންގއަށް ހުއްދަ ނުދިން
ދުނިޔެ

ޗައިނާގެ އައު އެމްބަސީ ބިލްޑިންގއަށް ހުއްދަ ނުދިން

އއިބްރާހީމްް ސަމީރު21 ޑިސެމްބަރު 2024
ޗައިނާއާއި ޑިމޮކްރެޓިކް ގައުމުތަކާ ދެމެދު އުފެދިފައިވާ ކޯޅުންތައް ހާމަވެގެން ދަނީ ޗައިނާއިން ލަންޑަންގައި ބިނާ ކުރަން އުޅޭ އެމްބަސީގެ ބިމާ  ބެހެ މައްސަލައިންނެވެ. ޓަވަރ ހެމްލެޓްސް ކައުންސިލުން ވަނީ ލަންޑަންގެ މުހުންމު މަރުކަޒެއްކަމަށްވާ، ޓަވަރު ކައިރީގައި ޗައިނާއިން ގަތް 700،000 އަކަފޫޓުގެ ބޮޑު ބިމުގައި ޗައިނާގެ "ސުޕަރ އެމްބަސީ" ހެދުމުގެ ޕްލޭންތައް ހުއްޓުވާފަ އެވެ. ޗައިނާއާ ދެކޮޅަށް ވާހަކަ ދައްކާ ފަރާތްތަކުން ބުނަނީ މި ނިންމުމަކީ ޗައިނާގެ ސިއްރު އޮޕަރޭޝަންތައް ޔޫކޭގައި ހިންގުމަށް ހުރަސް އެޅުމުގެ މަސައްކަތެއ ކަމަށެވެ. ޓާވަރ ހެމްލެޓްސް ކައުންސިލުން ވަނީ ޗައިނާ އެމްބަސީ ހެދުމަށް ހުއްދަ ނުދޭން އިއްތިފާގުން ނިންމާފައެވެ. ޗައިނާ ސަރުކާރުން ލަންޑަންގެ ތާރީޚީ ބިމެއް ގަނެފައި ވަނީ މީގެ ހަ އަހަރު ކުރިންނެވެ. ފާޑުކިޔާ ފަރާތްތަކުން ބުނަނީ އެ ސައިޓަކީ އެމްބަސީ ހެދުމަށް ބޭނުންވާ ވަރުގެ ތަނަކަށް ވުރެން މާބޮޑު ކަމެއް ކުރމުގެ އަމާޒެއް އޮތް ތަނެއް ކަމަށެވެ. ޗައިނާގެ އިންސާނީ ހައްގުތަކުގެ މައްސަލަތަކަށް ވާހަކަ ދައްކާ ފަރާތްތަކާއި ޝިންޖިއާންގައި ހިނގަމުންދާ ކަންކަމާ ދެކޮޅަށް މުޒާހަރާ ކުރާ ފަރާތްތަކުން ވަނީ އެމްބަސީގެ މަސައްކަތް ހުއްޓުވުމަށް ނިންމުމުން އެކަމަށް މަރުހަބާ ކިޔާފައެވެ.

ގުޅުންހުރި ޚަބަރު