ދިވެހި|English 9 ޖުލައި 2026 · 04:24
Top banner
Advertisement
ނިއުކްލިއަރ ރޮނގުން އެހީތެރިވުމަށް އެދިއްޖެ
ދުނިޔެ

ނިއުކްލިއަރ ރޮނގުން އެހީތެރިވުމަށް އެދިއްޖެ

އއިބްރާހީމްް ސަމީރު21 ޑިސެމްބަރު 2024
ޕާކިސްތާނާއި ޗައިނާގެ ސަރުކާރާއި އަސްކަރީ އިސް އޮފިޝަލުންނާ ދެމެދު ދާދި ފަހުން ވަނީ މަތީ ފެންވަރުގެ ބައްދަލުވުމެއް ބާއްވާފައެވެ. ބަލޫޗިސްތާނުގެ ސްޓްރެޓެޖިކް ބަނދަރު ގަވަދާރް ކުރިއަށް އޮތްތަނުގައި ބޭނުންކުރުމާ ގުޅޭ ގޮތުން އެ ބައްދަލުވުމުގައި މަޝްވަރާ ކޮށްފައިވެއެވެ. އެންޑީޓީވީން ރިޕޯޓުކޮށްފައިވާ ގޮތުގައި މި މަޝްވަރާއަކީ ގަވަދާރު ޕޯޓުގައި ޗައިނާގެ އަސްކަރީ މަރުކަޒެއް ބިނާ ކުރުމާ ގުޅޭ މަޝްވަރާއެކެވެ. އަދި އެކަމަކީ ދެ ގައުމުން ކުރިން އެއްވަސްވެފައިވާ ކަމެކެވެ. ނަމަވެސް މިފަހަރުގެ މަޝްވަރާގައި ޗައިނާއަށް ޕާކިސްތާނުން ހުށަހަޅާފައި ވަނީ، ޕާކިސްތާނުގެ ނިއުކްލިއަރ ހަތިޔާރުގެ ބާރުގަދަ ކޮށްދިނުމަށް ޗައިނާއިން މަސައްކަތްކޮށް ދޭނަމަ ގަވަދާރުގައި އަސްކަރީ މަރުކަޒެއް ބިނާ ކުރުމަށް ހުއްދަ ދެވިދާނެ ކަމަށެވެ. ނަމަވެސް އެ ހުށަހެޅުމަށް ބެއިޖިންގއިން ފަސް ޖެހޭ ކަން ހާމަވެއެވެ. އެއީ ޗައިނާ އަކީ ނިއުކްލިއަރ ސްޓޭޓެއް ކަމުން ނިއުކްލިއަރ ހތިޔާރެއް ޗައިނާއިން ނިއުކްލިއަރ ނޫން ގައުމަކަށް ބަދަލުކޮށްފިނަމަ، ޗައިނާއަށް ދަތިކުރުމުގެ ފިޔަވަޅުތަކާ ކުރިމަތިލާން ޖެހޭނެ ތީއެވެ. ރިޕޯޓުގައި ބުނެފައިވާ ގޮތުން ޕާކިސްތާންގެ ހުށަހެޅުމާ ގުޅިގެން ޗައިނާއަށް ލިބުނު ސިހުމުގައި ޗައިނާއިން ވަނީ މުއްދަތެއް ނެތް ގޮތަށް މަޝްވަރާތައް ފަސްކޮށްފައެވެ. ޕާކިސްތާނަކީ އިގްތިސާދީ ތަރައްގީއަށް ޗައިނާއިން ދޭ އެހީއަށް ބަރޯސާވާ ގައުމެކެވެ.

ގުޅުންހުރި ޚަބަރު