ދިވެހި|English 9 ޖުލައި 2026 · 04:23
Top banner
Advertisement
ފޮޓޯއިން: މިސްރުގެ އައު ވެރިރަށުގެ ގަނޑުވަރުން މެހުމާނުން ހައިރާންކޮށްލައިފި
ދުނިޔެ

ފޮޓޯއިން: މިސްރުގެ އައު ވެރިރަށުގެ ގަނޑުވަރުން މެހުމާނުން ހައިރާންކޮށްލައިފި

އއިބްރާހީމްް ސަމީރު23 ޑިސެމްބަރު 2024
މިސްރުން ވަނީ އައު ވެރިރަށެއް ބިނާކޮށްފައެވެ. އައު ވެރިރަށް ޤާހިރާ އަލްޖަދީދާގައި ބޭއްވި އެންމެ ފުރަތަމަ ކޮންފަރެންސަކީ، ޖީ8 ކޮންފަރެންސެވެ. މިއީ ތަރައްގީ ވަމުން އަންނަ 8 ގައުމުން ބައިވެރިވާ ކޮންފަރެންސެކެވެ. މީގައި ހިމެނެނީ ތަރައްގީ ވަމުން އަންނަ އަށް އިސްލާމީ ގައުމެކެވެ. މީހުންނަށް އެންމެ ބޮޑު ހައިރާން ކަމެއް ލިބުނީ އައު ވެރިރަށުގެ ގަނޑުވަރުގެ ރީތިކަމާއި ހައިބަތާއި ޝާހީ ކަމުންނެވެ. ފޮޓޯތައް ފެނިގެން ރައްޔިތުން މައްސަލަ ޖެއްސުމުން މިސްރު ސަރުކާރުން ބުނެފައި ވަނީ ރައްޔތުންގެ ފައިސާއިން ގަނޑުވަރު ބިނާކޮށްފައި ނުވާނެ ކަމަށެވެ. މިސްރުގެ އައު ވެރިރަށަކީ ހުޅުމާލެ ގޮތަށް ސަރުކާރުގެ ކުންފުންޏަކުން ބިނާ ކޮށްފައިވާ ސިޓީއެކެވެ. މިސިޓީގައި މިސްރު ސަރުކާރުން އިމާރާތްތައް 49 އަހަރަށް ކުއްޔަށް ހިފަނީއެވެ. ކުލި ދެއްކުން އޮންނަނީ ކޮންމެ އަހަރަކު 4 ފަހަރަށް ކުއާޓާތަކަށް ބަހައިގެންނެވެ. މި ސިޓީގައި ސަރުކާރު އޮފީސްތަކާއި އެމްބަސީތަކަށްވެސް އިމާރާތްތައް ހަދައިފައި ވެއެވެ. މިއީ ހައިޓެކް ސިޓީއެކެވެ. ކޮންފަރެންސްގައި ބައިވެރިވި ބޭރުގެ އިއްޒަތްތެރިވެސް ވަނީ އިމާރާތާއި ސިޓީގެ ފަރުމާކުރުމުގެ ފުރިހަމަ ކަމުން ހައިރާން ވެވަޑައިގެންފައެވެ. ގިނަ ފޮޓޯތަކުން ތުރުކީ ރައީސް ފެންނަނީ ހައިރާންވެ ވަޑައިގެން ބައްލަވަން އިންނެވި މަންޒަރެވެ. އެރުދުޣާނަކީވެސް ވެރިކަމުގައި އައު ގަނޑުވަރެއް ބިނާ ކުރެއްވި ރައީސެކެވެ.

ގުޅުންހުރި ޚަބަރު