ދިވެހި|English 9 ޖުލައި 2026 · 04:25
Top banner
Advertisement
ޝިންޖިއާންގެ ރާބިއާ ޤަދީރު ސެންޓަރ ތަޅާލައިފި
ދުނިޔެ

ޝިންޖިއާންގެ ރާބިއާ ޤަދީރު ސެންޓަރ ތަޅާލައިފި

އއިބްރާހީމްް ސަމީރު24 ޑިސެމްބަރު 2024
އުއިގޫރު މުސްލިމުންގެ ޝަޚުސިއްޔަތު ފަނޑުކޮށްލުމަށް ކުރިއަށްދާ ކެމްޕޭންގެ ރަމްޒު ފިޔަވަޅެއްގެ ގޮތުން ޗައިނާއިން ވަނީ ޝިންޖިއާންގެ އުރަމްކީގައި ހުންނަ މަޝްހޫރު ރާބިޔާ ޤަދީރު ޓްރޭޑް ސެންޓަރު (ފޮޓޯގައި) ތަޅާލާފައެވެ. 1990 ވަނަ އަހަރު ބިނާކުރި ހަތް ބުރީގެ މި ކޮމްޕްލެކްސް ރަމްޒުކޮށްދެނީ އުއިގޫރުގެ ހުނަރުވެރި މަސައްކަތްތެރިކަމާއި ވިޔަފާރިވެރިކަމާއި ސަގާފީ ތަރިކަ އެވެ. 30،000 އަކަމީޓަރުގެ ސަރަހައްދެއްގައި ހަދާފައިވާ މި ކޮމްޕްލެކްސްގައި 600 އަށް ވުރެ ގިނަ ފިހާރަތަކާއި މީހުން ބައްދަލުވުންތައް ބާއްވާ އިޖުތިމާއީ މަރުކަޒުތައް ހަދާފައި ވެއެވެ. އަދި މި މަރުކަޒަކީ އުއިގޫރު މީހުންގެ އިގްތިސާދީ އަދި ފިކުރީ ދިރިއުޅުމުގެ ދިރުން ދައްކައިދޭ މަރުކަޒެކެވެ. ސިޔާސީ ހިމާޔަތުގައި ޤައުމުން ބޭރުގައި ދިރިއުޅޭ އެކްޓިވިސްޓް ރާބިޔާ ޤަދީރުގެ ނަމުން ނަން ދީފައިވާ މި ޓްރޭޑް ސެންޓަރަކީ ތާރީހީ ގޮތުން ފުން މާނަތަކެއް ހިމެނޭ ރަމްޒީ މަރުކަޒެކެވެ. ޤަދީރު ފަގީރުކަމުން މުއްސަނދިކަމަށް ކުރި ދަތުރުން މީހުންނަށް ހިތްވަރު ލިބޭ ވާހަކަތަކާއެކު، އެ މަރުކަޒަކީ މުޖުތަމައުގެ މީހުންގެ އުންމީދުތައް ދައްކަދޭ މޫނުބަލާ ލޯގަނޑަކަށްވެފައިވާ ތަނެކެވެ. މި އިމާރާތް ކޮމްޕްލެކްސް ތަޅާލާފައި ވަނީ ނޮވެމްބަރު 29 ވަނަ ދުވަހު އެވެ. އެތަން ތަޅާލާފައި ވަނީ ވަރުގަދައަށް ކޮންޓްރޯލްކޮށްގެން ކުރިއަށް ގެންދެވުނު މަސައްކަތެއްގައެވެ. އަދި އެމަސައްކަތް ކުރިއަށް ގެންދެވުނު އިރު، ފާރަވެރިވުން އިތުރުކޮށް ފައި ވެއެވެ. އެހިސާބަށް މީހުންނަށް ވަދެވޭނެ ގޮތް ހަނިކޮށްފައި އޮތެވެ. މިއީ ޗައިނާ ސަރުކާރުން އުއިގޫރު މީހުންގެ ދަރިކޮޅުގެ ސަގާފީ ރަމޒުތައް ފެންނަން ހުރި މިންވަރު ދަމަހައްޓަން ނިންމާފައިވާ މިންވަރެވެ. އުއިގޫރު އެކްޓިވިސްޓުން ދެކޭ ގޮތުގައި މި ކޮމްޕްލެކްސް ތަޅާލުމަކީ 2017 ވަނަ އަހަރުން ފެށިގެން މިސްކިތްތަކާއި ދީނީ ތަންތަން ރޫޅާލުމަށާއި ސަގާފީ ތަރިކަ ފޮހެލުމުގެ ފުޅާ ކެމްޕޭނެއްގެ ތެރެއިން ބައެކެވެ.

ގުޅުންހުރި ޚަބަރު