ދިވެހި|English 9 ޖުލައި 2026 · 04:24
Top banner
Advertisement
ފޮޓޯއިން: މިއަދުގެ ދުނިޔެ
ދުނިޔެ

ފޮޓޯއިން: މިއަދުގެ ދުނިޔެ

އއިބްރާހީމްް ސަމީރު24 ޑިސެމްބަރު 2024
އަސަދުގެ ދެ ބަފައިންގެ ވެރިކަމުގައި ނިޒާމުން ގެއްލުވާލާފައިވާ މީހުންގެ ފޮޓޯތައް އާއިލާތަކުން އާންމު ކުރުމުން، ދިމިޝްޤްގައި މަރުޖާ މައިދާނަށް މީހުން ޒިޔާރަތް ކޮށްފައި ވެއެވެ. ޔަހޫދީ ޒަޔަނިސްޓް ޓެރަރިސްޓް ހަމަލާތައް އަދިވެސް ދަނީ ދޭރުލްބަލަޙަށް ދެމުންނެވެ. އެންމެ ފަހުގެ އިންޒާރުގައި ކަމާލް އަދަވާން ހަސްފަތާލް ހުސްކުރުމަށް އަންގާފައި ވެއެވެ. ޖަރުމަންގައި ދިރިއުޅުނު ސައޫދީ މުރުތައްދު ޑޮކްޓަރަކު ކާރު ވައްދާލައިގެން ކްރިސްމަސް މާރުކޭޓަކަށް ދިން ހަމަލާގައި މަރުވި މީހުންގެ ހަނދާނުގައި މާ ބަހައްޓާފައި. ސައުދީ މިމީހާ ފޮނުވައި ދޭން އެދމުންވެސް ޖަރުމަނުން ވަނީ އޭނާއަށް ހިމާޔަތް ދީފައެވެ. މިފެންއަރުވާ ވަޑާއަށް ފައިސާ ފޮއްޗެއް ވައްޓާލައިފިނަމަ ނަސީބުވެރި މީހާކަށް ވާނެކަމަށް ބުނެ ފަތުރުވެރިން ޅޮސް އުނދޯންޏަށް ލަމުން ދއެއެވެ. ރޯމްގެ މި ފެންއަރުވާ ވަޑާން ވަނީ މަރާމާތަށްފަހު އަލުން ހުޅުވާފައެވެ. ނިއުކްލިއަރ ހަމަލައަކުން ސަލާމަތް ވުމަށް ރޫސީން އުފެއްދި ބަންކަރު 703 ވަނީ ރައްޔިތުންނަށް ހުޅުވާލާފައެވެ. މި ފޮޓޯ ގެނަސްދެނީ އަހަމަރަމެން ސެންޓާއަށް ހިތްވަރު ދޭތީއެއް ނޫނެވެ. ނަމަވެސް ވެނިސްގައި ކޮންމެ އަހަރަކު އޮންނަ ކަމެއް ދައްކާލަން ވެގެންނެވެ. މިވެސް ކޮންމެ އަހަރަކު އިންގިރޭސިންގެ މެދުގައި އޮންނަ ބިދުއަ އެކެވެ. ސްޓޯން ހެޖު ސަރަހައްދަށް މިވެރިން އެއްވާނެއެވެ.

ގުޅުންހުރި ޚަބަރު