ދިވެހި|English 9 ޖުލައި 2026 · 04:25
Top banner
Advertisement
ކޮމިކްސް ޖާނަލިޒަމް: ގަތުލުއާންމެއްގެ ވާހަކަ
ދުނިޔެ

ކޮމިކްސް ޖާނަލިޒަމް: ގަތުލުއާންމެއްގެ ވާހަކަ

އއިބްރާހީމްް ސަމީރު26 ޑިސެމްބަރު 2024
ކަރުދާހުގައި ގަލަމު ދެލި އުނގުޅިގެންދާއިރު ހުރިހައި ދެއްޔަކީ އަކުރެއް ނޫނެވެ. ބައެއް ދެއްޔަކީ، ރޮނގުތަކެކެވެ. އެ ރޮނގުތައް ކުރެހުންތަކަކަށް ބަދަލުވެ އެއިން މާނަތަކެއް އުފައްދާލައެވެ. ސިކުނޑިއަށް ޝުއޫރުތަކެއް ވެރިކޮށްލައެވެ. ކޮމިކްސް ޖާރނަލިޒަމްއަކީ، މިބާވަތުގެ ޚާއްސަ ނޫސްވެރިކަމެވެ. ކުރެހުމުން މާނަތައް ގެނަސްދޭ ހުނަރެކެވެ. ހަޖަމު ކުރަން އުދަގޫ، މައުޟޫއުތަކަށް ހެއްވާލުމެއްގެ ތެރޭން ކަވަރޭޖެއް ދެއެވެ. ޖޯ ސާކޯއަކީ މިދާއިރާގެ ހުނަރުވެރިއެކެވެ. އޭނާ ވަނީ ފަލަސްތީން (1996) އަދި ޣައްޒާ (2009) ބޮސްނިޔާގެ ނަސްލު ނައްތާލުން (2000) ފަދަ މައުޟޫއުތަކަށް ކުރެހުންތަކުގެ ޒަރީއާއިން މީހުންގެ ސަމާލުކަމަށް ހުށަހަޅާފައިވާ ނޫސްވެރިއެކެވެ. އޭނާގެ އެންމެ ފަހުގެ މަސައްކަތަކީ ކޮމިކްސް ޖާނަލްގައި ގެނަސްދީފައިވާ ޣައްޒާގެ ގަތުލުއާންމުގެ ސިލްސިލާއެވެ. އެކުރެހުންތައް މިގެނަސްދެނީއެވެ. ޣައްޒާ ޖެނޮސައިޑަކީ އެމެރިކާއިން ސަޕޯޓުކޮށްގެން ހަތިޔާރު ދީގެން ކުރިއަށް ގެންދާ ޖެނޮސައިޑެކެވެ. ނަތަންޔާހޫއަށް ސަޕޯޓުކޮށް ކުރުނީސްކޮށް އަތްޖަހަމުން ދިޔައީ ކޮންގްރެސްގެ މެމްބަރުންނެވެ. ސެލްފް ޑިފެންސާއި ޖެނޮސައިޑާ އެއްކޮށްލިއަސް ދޭހަވާނީ އެއް މާނައެކެވެ. އަބަހައްދަ ޖޯ ބުނެފައި ވަނީ ތިމަންމެން އިޒްރޭލެއް ނެތް ނަމަ އިޒްރޭލެއް އުފެއްދީމުހޯ! ނަސްލެއް ނެތިކޮށްލައި ގަތުލުއާންމު ހިންގާފަ ސުލްހައިގެ އިނާމުވެސް ހޯދާނީ ހަމަ މިވެރިންނެވެ.

ގުޅުންހުރި ޚަބަރު