ދިވެހި|English 9 ޖުލައި 2026 · 04:26
Top banner
Advertisement
މި ޕްލެނެޓްގައި މިހާތަނަށް ހިންގާ އެންމެ ބޮޑު މަޝްރޫޢު
ދުނިޔެ

މި ޕްލެނެޓްގައި މިހާތަނަށް ހިންގާ އެންމެ ބޮޑު މަޝްރޫޢު

އއިބްރާހީމްް ސަމީރު27 ޑިސެމްބަރު 2024
ޗައިނާއިން ޓިބެޓްގައި ކަރަންޓު އުފެއްދުމަށް ބިނާ ކުރާ ޑޭމް ބިނާ ކުރުމަށް ހުއްދަ ދީފިއެވެ. ޗައިނާއިން ޓިބެޓްގައި ބިނާ ކުރާ މި ޑޭމަކީ، ތްރީ ގޯޖް ޑޭމްއިން އުފައްދާ ހަކަތައަށް ވުރެން 3 ގުނަ އިތުރަށް ކަރަންޓް އުފައްދައި ދޭނެ ޑޭމެކެވެ. މިއީ ޓިބެޓްގައި ޗައިނާ އިން ބިނާ ކުރާ މެގަ ޑޭމެކެވެ. ޔާރލުންގް ޓްސަންގްޕޯ ކޯރުގެ ހައިޑްރޯޕަވަރ މަޝްރޫއަކީ އިންޖިނިއަރިންގެ ރޮނގުން ގޮންޖެހުން ބޮޑު މަޝްރޫއެކެވެ. ނަމަވެސް މި މަޝްރޫއަށް ހޭދަކުރުމަށްޓަކައި މީގެ ކުރިން ނުފެންނަފަދަ އިންވެސްޓްމަންޓްތައް ޗައިނާއިން ކަނޑައަޅާނެ ކަމަށް ބެލެވެއެވެ. ޓިބެޓްގެ އެންމެ ދިގު ކޯރުގައި ތްރީ ގޯޖްސް ޑޭމަށް ވުރެ ތިން ގުނަ އިތުރަށް ހަކަތަ އުފައްދާނެ އެވެ. އަދި މި މަޝްރޫއުގެ ސަބަބުން އޭޝިއާގެ އެތައް ގައުމަކަށް ފެނުގެ ކާރިސާއާ ކުރިމަތިލާން  ޖެހޭނެ ކަމަށްވެސް ލަފާ ކުރެވެއެވެ. މިއީ ތިރި ގައުމުތައް ކަމަށްވާ އިންޑިއާއާއި ޕާކިސްތާނާއި ބަންގްލަދޭޝާއި ނޭޕާލާއި ބޫޓާނަށްވެސް ފެން ލިއްބައިދޭ ކޯރުތަކުގެ ތުންފަތް މަތީގައި ބިނާ  ކުރާ ޑޭމެކެވެ. މި ޑޭމްގެ ސަބަބުން އެގައުމުތަކަށް ފެންލިބުމުގައި ދަތިތަކެއް ކުރިމަތި ވާނެއެވެ. ޓިބެޓް ޒާތީ މިނިވަންކަން ދީފައިވާ ސަރަހައްދުގެ ޔާރލުންގް ޓްސަންގްޕޯ ކޯރުގައި އަޅަން ނިންމާފައިވާ މި މެގަ ހައިޑްރޯޕަވަރ މަޝްރޫއުގެ ޖުމްލަ އިންވެސްޓްމަންޓް އެއް ޓްރިލިއަން ޔުއާން (137 ބިލިއަން އެމެރިކާ ޑޮލަރު) އަށް ވުރެ ބޮޑުވެދާނެ ކަމަށް ލަފާ ކޮށްފައި ވެއެވެ. މިއީ މި ޕްލެނެޓްގައި މިހާތަނަށް ހިންގާ އެންމެ ބޮޑު މަޝްރޫޢެވެ.

ގުޅުންހުރި ޚަބަރު