ދިވެހި|English 9 ޖުލައި 2026 · 05:12
Top banner
Advertisement
ކުރިމަގުގައި ތެލުގެ ޑިމާންޑް އިތުރުވާނީ އިންޑިއާއާ ހެދި
ދުނިޔެ

ކުރިމަގުގައި ތެލުގެ ޑިމާންޑް އިތުރުވާނީ އިންޑިއާއާ ހެދި

އއިބްރާހީމްް ސަމީރު28 ޑިސެމްބަރު 2024
ދުނިޔޭގެ ތެލަށް އޮތް ޑިމާންޑް އިތުރު ކުރުމުގައި އިންޑިއާގެ ހިއްސާ ކުރިމަގުގައި ބޮޑުވާނެ ކަމށް އިންޓަނޭޝަނަލް އެނާޖީ އެޖެންސީ (އައިއީއޭ) ގެ ހަކަތައާ ބެހޭ ރިޕޯޓުގައި ބުނެއެވެ. އެ ރިޕޯޓުގައި ބުނެފައި ވަނީ 2035 ވަނަ އަހަރާ ހަމައަށް ދުނިޔޭގެ ތެލުގެ ޑިމާންޑަށް ދުވާލަކު ގާތްގަނޑަކަށް 2 މިލިއަން ފީފާ އިންޑިއއާ ހެދި އިތުރު ވާނެ ކަމަށެވެ. އަދި އެއާއެކު ދުނިޔޭގައި އެންމެ ގިނައިން ތެޔޮ ގަތް ގައުމު ކަމަށްވާ ޗައިނާ ފަހަތަށް ޖައްސާލައި އިންޑިއާ ކުރިއަރައިގެން ދާނެ ކަމަށެވެ. އިންޑިއާއިން ތެޔޮ ބޭނުންކުރާ ނިސްބަތް އިތުރު ވާއިރު ޗައިނާއިން ތެޔޮ މަދުން ބޭނުން ކުރަނީ، ޗައިނާއިން ކަރަންޓު އުޅަނދުފަހަރު ބޭނުންކުރުން އިތުރު ވުމުންނެވެ. ޗައިނާއިން އެއްގަމު ދަތުރުފަތުރަށް ތެޔޮ ބޭނުންކުރާ މިންވަރު ދަށްވިނަމަވެސް ޕެޓްރޯކެމިކަލް ގެ މާއްދާތައް ބޭނުންކުރާ މިންވަރު ޗައިނާގައި ދަށެއް ނުވާނެއެވެ. އިންޑިއާގެ ތެލުގެ ޑިމާންޑް އިތުރު ވުމުން، ތެޔޮ އުފައްދާ ޤައުމުތަކަށް، އޯވަސަޕްލައިގެ ހާލަތެއް ކުރިމަތިވެދާނެ ކަމަށް ވެސް އައިއީއޭގެ ރިޕޯޓުގައި ބުނެފައި ވެއެވެ. އެހެންވެ، 2030 ވަނަ އަހަރުގެ ނިޔަލަށް ސާފު ނުކުރާ ތެޔޮ އުފެއްދުމުގެ ކެޕޭސިޓީ ދުވާލަކު 8 މިލިއަން ފީފާއަށް އިތުރުވާނެ ކަމަށް ބެލެވެއެވެ.

ގުޅުންހުރި ޚަބަރު