ދިވެހި|English 10 ޖުލައި 2026 · 01:29
Top banner
Advertisement
ނިރުބަވެރިންގެ 60 އިންސައްތަ ޕާކިސްތާނުން
ދުނިޔެ

ނިރުބަވެރިންގެ 60 އިންސައްތަ ޕާކިސްތާނުން

އއިބްރާހީމްް ސަމީރު30 ޑިސެމްބަރު 2024
އަހަރު ނިމޭ ތަފާސްހިސާބު ދެމުން ކަޝްމީރުގައި އިންޑިއާ ސިފައިން ބުނަނީ، ޕާކިސްތާނަށް ދިމާވި އިގްތިސާދީ މައްސަލަތަކާ އެކު ވެސް ޕާކިސްތާނުން ދަނީ ހަމަނުޖެހުން އުފައްދާ ފަރާތްތަކަށް ތާއީދު ކުރަމުން ކަމަށެވެ. ނޫސްވެރިންނާ  ވާހަކަ ދައްކަމުން ކަޝްމީރުގައި ސިފައިން ބުނެފައި ބަނީ، ކަޝްމީރުގައި މިއަހަރު މަރާލާފައިވާ ނިރުބަވެރި ހަމަނުޖެހުން އުފެއްދި މީސްމީހުންގެ 60 އިންސައްތައަކީ ޕާކިސްތާނުން އައި މީހުން ކަމަށެވެ. ނަމަވެސް މިއަހަރު ނިރުބަވެރިކަމަށް ރެކްރޫޓީ ކުރި މީހުންގެ އަދަދު ދަށްވެފައިޥާ ކަމަށް ބުނެއެވެ. މިއަހަރު މި ގްރޫޕްތަކާ ކަޝްމީރުން ގުޅިފައިވަނީ އެންމެ ހަތަރު މީހުން ކަމަށް ސިފައިން ބުނެއެވެ. ކަޝްމީރުގެ އެކި ސަރަހައްދުތަކުގައި ގާތްގަނޑަކަށް 75 ނިރުބަވެރިން ނައްތާލެވުނު ކަމަށްވެސް ބުނެފައި ވެއެވެ.

ގުޅުންހުރި ޚަބަރު