ދިވެހި|English 9 ޖުލައި 2026 · 04:26
Top banner
Advertisement
އިންޑިއާގެ މޯބައިލް ޔޫޒަރުން ބިލިއަނަމަށް ވުރެން މަތީގައި
ދުނިޔެ

އިންޑިއާގެ މޯބައިލް ޔޫޒަރުން ބިލިއަނަމަށް ވުރެން މަތީގައި

އއިބްރާހީމްް ސަމީރު4 ޖެނުއަރީ 2025
އިންޑިއާގެ ޓެލެކޮމް ދާއިރާއަކީ 1.2 ބިލިއަން މީހުން ބައިވެރިވެފައިވާ ދާއިރާއެކެވެ. އިންޑިއާއިން ބުނާ ގޮތުގައި ޤައުމުން މިހާރު މަސައްކަތް ފަށާފައި ވަނީ މުވާސަލާތުގައި މަބް (މަސްނޫއީ ބުއްދި) ހިމެނުމަށާއި 6ޖީ ހިމަނާށެވެ. ކުރިއަށް އޮތް ދުވަސްތަކުގައި އިންޑިއާގެ މުވާސަލާތީ ދާއިރާ ފެންނަނީ އުޖާލާކޮށްކަމަށް ބުނެއެވެ. އިންޑިއާގައި ނިމިދިޔަ، 2024 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށް އެވްރެޖްކޮށް މަހަކު ވަޔަރލެސް ޑޭޓާ ބޭނުންކުރާ މިންވަރު ކޮންމެ ޔޫޒަރަކަށް 21.30 ޖީބީއަށް އަރާފައިވާ ކަމަށް ދައްކައެވެ. ސެލޫލާ އޮޕަރޭޓަރސް އެސޯސިއޭޝަން އޮފް އިންޑިއާ (ސީއޯއޭއައި) އިން ބުނާ ގޮތުގައި 5ޖީ ޔޫޒަރުންގެ އަދަދު 125 މިލިއަނަށް ވުރެ މައްޗަށް ގޮސްފައިވެއެވެ. އަދި  2026 ވަނަ އަހަރު 350 މިލިއަނަށް އިތުރުވާނެ ކަމަށް ލަފާކުރެވެ އެވެ. އިންޑިއާގެ ޓީއެމްޓީ (ޓެކްނޮލޮޖީ، މީޑިއާ، އަދި ޓެލެކޮމިއުނިކޭޝަންސް) ކުންފުނިތަކުގެ 55 ޕަސެންޓް ކުންފުނިތަކުން ވަނީ މަބް އެކުންފުނިތަކުގައި ވިއުގައިގައި ހިމަނާފައެވެ.

ގުޅުންހުރި ޚަބަރު