ދިވެހި|English 9 ޖުލައި 2026 · 04:24
Top banner
Advertisement
އެފްރިކާގެ ހަކަތައިގެ ދާައިރާ ޗައިނާގެ މުށު ތެރޭގައި
ދުނިޔެ

އެފްރިކާގެ ހަކަތައިގެ ދާައިރާ ޗައިނާގެ މުށު ތެރޭގައި

އއިބްރާހީމްް ސަމީރު4 ޖެނުއަރީ 2025
އެފްރިކާގެ ހަކަތަ ދާއިރާއަށް ޗައިނާއިން ވަނީ ރަނގަޅަށް ހަން ފަތުރާފައެވެ. ޗައިނާގެ އިގްތިސާދީ ޕާޓްނަޝިޕުން އެފްރިކާގައި އިންވެސްޓްމަންޓްތަކާއި، ދަރަނީގެ ދަންތުރައިގެ ޑިޕްލޮމެސީއާއި، ސްޓްރެޓެޖިކް މެނިޕިއުލޭޝަންގެ ތެރެއިން ބެއިޖިން އިން ވަނީ އެފްރިކާގައި މުހިންމު ހަކަތައާއި މަޢުދަނީ ވަސީލަތްތަކުގެ މައްޗަށް ވަށާ ޖެހޭ ފަދަ ބާރެއް ހޯދާފައެވެ. ޗައިނާގެ ހަކަތަ މޮނޮޕޮލީގައި އިސްކޮށް އުޅެނީ، ސަރުކާރުގެ އިސް ތިން ބޮޑު ކުންފުނި ކަމަށްވާ ޗައިނާ ނޭޝަނަލް ޕެޓްރޯލިއަމް ކޯޕަރޭޝަން (ސީއެންޕީސީ)، ޗައިނާ ނޭޝަނަލް އޮފްޝޯ އޮއިލް ކޯޕަރޭޝަން (ސީއެންއޯސީ)، އަދި ސިނޮޕެކް އިން ނެވެ. މި ކުންފުނިތަކަކީ، ހުޅަނގުގެ ވާދަވެރިންނާ ނިޒާމީ ގޮތެއްގައި ވާދަކުރާ އެފްރިކާގެ ހަތަރު ވަނައަށް އެންމެ ބޮޑު ގުޅިފައިވާ އެނާޖީ އިންވެސްޓަރެވެ. މި ކުންފުނިތަކުން 15 ބިލިއަން ޑޮލަރު އެފްރިކާގައި އިންވެސްޓް ކުރުމާއެކު ޗައިނާއަށް ހަކަތައިގެ ދާއިރާއިން އެފްރިކާގައި އިސް މަގާމެއް ކަށަވަރުކޮށްދީ ފައި ވެއެވެ. ޗައިނާގެ ޖުމްލަ ސާފުނުކުރާ ތެލުގެ ގާތްގަނޑަކަށް %30 މިހާރު ފޯރުކޮށްދެނީ އެފްރިކާއިންނެވެ. ދުނިޔޭގެ %70 ކޯބަލްޓް ފޯރުކޮށްދޭ ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ ގައި މިހާރު ޗައިނާގެ ކުންފުނިތަކުން ގާތްގަނޑަކަށް ކޯބަލްޓު އުފައްދާ ހުރިހައި މައިންތަކެއް ކޮންޓްރޯލް ކުރެއެވެ. ނުވަތަ ހިއްސާ އޮވެއެވެ. ދާދިފަހުން މުޅި ނަމީބިއާ، ޒިމްބާބުވޭ، އަދި މާލީގައި ލިތިއަމް މައިންތަކަށް 4.5 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް ޗައިނާއިން ކުރިއެވެ. އެއާއެކު 2025 ވަނަ އަހަރުގެ ނިޔަލަށް ދުނިޔޭގެ ލިތިއަމް މައިން ކެޕޭސިޓީގެ ތިންބައިކުޅަ އެއްބައި ޗައިނާއަށް ކަށަވަރުވެގެން ދާނެ އެވެ. ޖިބޫޓީ، ކެންޔާ، އަދި ޒެމްބިއާ ފަދަ ގައުމުތައް ވަނީ ބޮޑު ދަރަންޏެއްގައި ބަނދެވިފައެވެ. ބެއިޖިންގެ ޝިކާރަވެރި ލޯނު ދިނުމުގެ އުސޫލުތަކުން ހާމަވަނީ އިގްތިސާދީ ބަނދެވުމެއްގެ ސްޓްރެޓެޖީއެކެވެ. ޗައިނާ ޑިވެލޮޕްމަންޓް ބޭންކާއި އެކްސިމް ބޭންކް މެދުވެރިކޮށް ބެއިޖިން އިން ވަނީ ކަރަންޓް އުފެއްދުމަށް އެފްރިކާއަށް ޖުމްލަ 29.7 ބިލިއަން ޑޮލަރު އަދި ކަރަންޓު ޓްރާންސްމިޝަން ނެޓްވޯކްތަކަށް 9.3 ބިލިއަން ޑޮލަރުގެ ލޯނުތަކެއް ދީފަ އެވެ. ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ އަކީ ޗައިނާގެ ދަރަނީގެ ދަންތުރައިގައި ބަނދެލުމުގެ ވަރުގަދަ މިސާލެކެވެ. 2008 ވަނަ އަހަރު ސޮއިކުރި ހަ ބިލިއަން ޑޮލަރުގެ އިންފްރާސްޓްރަކްޗާ ފޯ މިނަރަލްސް އެއްބަސްވުމެއްގެ ސަބަބުން ޗައިނާއަށް އެގައުމުގެ މައުދަން ކޮނުމާއި ނެގުމާއި ސާފު ކުރުމަށް ކޮންޓްރޯލެއް ދެއެވެ. މިކަމުން  ކޮންގޯއަށް ލިބޭނީ ކުޑަ ފައިދާއެކެވެ.

ގުޅުންހުރި ޚަބަރު