ދިވެހި|English 9 ޖުލައި 2026 · 04:22
Top banner
Advertisement
ޗައިނާ އިންޑިއާ ކަނޑަށް ފޭބުން
ދުނިޔެ

ޗައިނާ އިންޑިއާ ކަނޑަށް ފޭބުން

އއިބްރާހީމްް ސަމީރު7 ޖެނުއަރީ 2025
ތިން ވަނަ ޗައިނާ-އިންޑިއަން އޯޝަން ރީޖަން ފޯރަމަކީ، 2024ގެ އޯގަސްޓް މަހު ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައި އޮތް ފޯރަމެކެވެ. ރާއްޖޭން އެދިގެން އެފޯރަމް އެހެން ގައުމަކަށް ބަދަލު ކުރީ އެވެ. އިންޑިއާ ކަނޑުގެ ޤައުމުތަކާ ބެހޭ މި ފޯރަމް ބާއްވާފާއި ވަނީ އިންޑިއާ ކަނޑާއި މާދުރުގައި އަދި އިންޑިއާ ކަނޑަށް ސަރަހައްދު ހިއްސާ ނުކުރާ ޤައުމެއްގައެވެ. ޑިސެމްބަރު މަހުގެ މެދުތެރޭގައި ފޯރަމް ބާއްވާފައި ވަނީ ކުއްމިންގައެވެ. ޗައިނާއަށް ތުހުމަތު ކުރެވެނީ، އިންޑިއާ ކަނޑުގެ ސަރަހައްދަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރާ ކަމަށެވެ. ޗައިނާއަކީ އިންޑިއާ ކަނޑުގެ ސަރަހައްދު ހިއްސާކުރާ، އަދި އިންޑިއާ ކަނޑަށް ފޭބެން އޮންނަ ޤައުމެއް ނޫނެވެ. ކުއްމިންގައި ބޭއްވި ފޯރަމްގައި 200 އަށް ވުރެ ގިނަ މަންދޫބުން ބައިވެރިވިއެވެ. މި ފޯރަމަކީ، ކަނޑުގެ އިންފްރާސްޓްރަކްޗާ އާއި ޑިޖިޓަލް އެމްޕަވަރމަންޓާއި ސަގާފަތާ ބެހޭ ޚިޔާލު ބަދަލުކުރުމާ ބެހޭ ގޮތުން މަޝްވަރާކޮށްފައިވާ ފޯރަމެކެވެ. ފާޑުކިޔުންތެރިން ބުނާ ގޮތުގައި މިއީ ޗައިނާގެ ސްޓްރެޓެޖިކް އުންމީދުތައް ނިވާފަތްގަނޑަކަށް ހަދައި ދަރަނީގެ ދަންތުރައިގެ ޑިޕްލޮމެސީ އާއި ޓެކްނޮލޮޖީގެ ނުފޫޒަށް ބާރުފޯރުވުމަށް ކުރާ މަސައްކަތެކެވެ. އިންޑިއާ ކަނޑުގެ ސަރަހައްދާއި ޗައިނާގެ ޖިއޮގްރަފިކަލް ދުރުމިނަށް ބަލާއިރު، ފޯރަމްގެ ނަމަކީ ވެސް ޚިޔާލުތަފާތުވުން އުފެދޭ ނަމެކެވެ. މި ސަރަހައްދުގެ ގައުމުތަކުން ޗައިނާއިން ސްޓްރެޓެޖިކް ލޭންޑްސްކޭޕް އަލުން ބައްޓަން ކުރުމަށް ކުރާ މަސައްކަތްތަކާ މެދު ސަމާލުވާން ޖެހެއެވެ.

ގުޅުންހުރި ޚަބަރު