ދިވެހި|English 9 ޖުލައި 2026 · 04:22
Top banner
Advertisement
ކުޑަކުދިންގެ ކައިވެނި ކުރުން ނިމުމަކަށް ގެނައުމަށް ގޮވާލައިފި
ދުނިޔެ

ކުޑަކުދިންގެ ކައިވެނި ކުރުން ނިމުމަކަށް ގެނައުމަށް ގޮވާލައިފި

އއިބްރާހީމްް ސަމީރު9 ޖެނުއަރީ 2025
ޕޮޓޯހާ އޯގަނައިޒޭޝަން ފޯ ޑިވެލޮޕްމަންޓް އެޑްވޮކޭޝަން (ޕޯޑާ) އާއި ޕާކިސްތާން ޑިސްޓްރިކްޓް ޕޮޕިއުލޭޝަން ވެލްފެއާ އޮފީހުން ދާދި ފަހުން ބޭއްވި ވޯކްޝޮޕެއްގައި ޕާކިސްތާނުގައި ކުޑަކުދިންގެ ކައިވެނި ކުރުމުގެ މައްސަލައަށް އަލިއަޅުވާލާފައިވެ އެވެ. މި އިވެންޓުގައި ބާރުއަޅާފައިވަނީ ޒުވާން އަންހެން ކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށްޓަކައި ގައުމީ އައިޑެންޓިޓީ ކާޑަށް ބަލައިގެން 18 އަހަރު ކަމަށް ކަނޑައަޅާފައިވާ ކުދިންނަށް ނޫން ބަޔަކަށް ކައިވެނި ނުކުރެވޭ ގޮތަށް ހަމަޖައްސާށެވެ. މިވަގުތު ޕާކިސްތާނުގެ ކައިވެނީގެ ގާނޫނުތައް އޮތީ އެހާ ސާފު ކޮށް ނޫންކަމަށް ބައިވެރިން ފާހަގަ ކުރެއެވެ. ޕާކިސްތާންގެ ސިންދު ފިޔަވައި ގިނަ ޕްރޮވިންސްތަކުގައި އަންހެން ކުދިންގެ ކައިވެންޏަށް ހުއްދަވާ ގާނޫނީ އުމުރަކީ 16 އަހަރެވެ. މި ވޯކްޝޮޕްގެ ތަޖުރިބާކާރުން ވަނީ ކައިވެނީގެ ޝަރުތު ހަމަވުމާއި ކާކުކަން އަންގައިދޭ ކާޑު ދޫކުރުމާ ގުޅުވައިގެން 18 އަހަރަށް ކައިވެނި ކުރާ އުމުރު ސްޓޭންޑަރޑައިޒްކޮށް ގާނޫނީ ސާފުކަން ކަށަވަރުކޮށްދީ ކުޑަކުދިންނަށް ހިމާޔަތް ކުރުމަށް އިލްތިމާސްކޮށްފަ އެވެ. ސިއްހީ ދާއިރާގެ ފަންނީ ބޭފުޅުންނާއި ދީނީ އިލްމުވެރިންނާއި ސަރުކާރުގެ އޮފިޝަލުން ހިމެނޭ ގޮތަށް ބައިވެރިން ވަނީ ސަގާފީ އާދަކާދައާއި ގޯސް ތަސައްވުރުތަކަށް އާންމު ހޭލުންތެރިކުރުމުގެ ކެމްޕޭންތައް ހިންގައި ޖަމާއަތުގެ ކަމުވޮށިގެންވާ މީހުންނާ  ގުޅިގެން މިމައްސަލަ ހައްލު ކުރުމަށް ގޮވާލައިފައެވެ. ކުޑަކުދިންގެ ކައިވެނިތަކާ ގުޅޭ ގޮތުން ހަރުދަނާ ގާނޫނުތައް އެކަށައަޅައި، ތަންފީޒުކުރުމާއި ތައުލީމު ފުޅާކުރުމާއި ސިއްހީ ހިދުމަތްތައް ރަނގަޅުކޮށް ހަމަހަމަ މުޖުތަމައަކަށް މަގުފަހިކޮށްދޭން ކަންކަން  ކޮށްދޭން ޖެހޭ ކަމަށް އެފަރާތްތަކުން ފާހަގަ ކޮށްފައި ވެއެވެ. މި ވޯކްޝޮޕަކީ ކުރިމަގަށް އެޅި ފިޔަވަޅެއް ކަމުގައި ވިނަމަވެސް މާނަހުރި ބަދަލެއް ގެނައުމަށް، ދެމެހެއްޓެނިވި މަސައްކަތްތަކެއް ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ބައިވެރިން ފާހަގަ ކޮށްފައި ވެއެވެ.

ގުޅުންހުރި ޚަބަރު