ދިވެހި|English 9 ޖުލައި 2026 · 04:24
Top banner
Advertisement
ހަނގުރާމަ ހުއްޓާލުމަށް ހަމާސްއާއި އިޒްރޭލް އެއްބަސްވެއްޖެ
ދުނިޔެ

ހަނގުރާމަ ހުއްޓާލުމަށް ހަމާސްއާއި އިޒްރޭލް އެއްބަސްވެއްޖެ

މމުހައްމަދު އަލީ16 ޖެނުއަރީ 2025
ފަނަރަ މަސް ވަންދެން އިޒްރޭލާއި ފަލަސްތީނުގެ ހަމާސް ޖަމާއަތާއެކު ކުރަމުންދިޔަ ހަނގުރާމަ ހުއްޓާލާން ދެ ފަރާތުން އެއްބަސްވެއްޖެއެވެ. މި ހަނގުރާމަ ހުއްޓާލަން އެއްބަސްވެފައިވާކަން އިއުލާން ކުރީ އެމެރިކާގެ ރައީސް ކަމަށް އިންތިޚާބު ކޮށްފައިވާ ޑޮނަލްޑް ޓްރަމްޕެވެ. ހަނގުރާމަ ހުއްޓާލުމުގައި އެމެރިކާއި މިސްރުން ވަނީ މުހިންމު ދައުރެއް އަދާ ކޮށްފައެވެ. އަނިޔާވެރިކަން ހައްދުން ނެއްޓިފައިވާ ހަނގުރާމަ ހުއްޓާލަން އެއްބަސްވިޔަސް ފަލަސްތީނުގައި މިނިވަން ދައުލަތެއް ގާއިމް ކުރުމުގެ ވާހަކަ އެއްބަސްވުމުގައި ނެތެވެ. އެހެންނަމަވެސް ދެފަރާތުން އަތުލައިގެންފައިވާ ހަނގުރާމައިގެ އަސީރުން ދޫކޮށްލުމަށް ވަނީ އެއްބަސްވެފައެވެ. ހަނގުރާމައަށްފަހު ކަންކަން އޮމާންކަމައި އަމާންކަމާއެކު ކުރިއަށްދާކަމަށްވާނަމަ ޣައްޒާ އަލުން އިމާރާތް ކުރުމަށް އަރަބި ދައުލަތްތަކާއި އިޒްރޭލުން އެއްބަސްވެގެން މަސައްކަތް ކޮށްދޭން ވަނީ އެއްބަސްވެފައެވެ. ހަނގުރާމަ ހުއްޓާލިޔަސް ފަލަސްތީނުގެ ކަންކަމަށް ބަސް ބުނުގެ އެއްވެސް ފުރުސަތެއް ހަމާސްއަށް ވެސް އަދި މަހުމޫދު އައްބާސަށް ވެސް ނުދޭނޭ ކަމަށް ޔަހޫދީ ދައުލަތުން ވަނީ ބުނެފައެވެ.  

ގުޅުންހުރި ޚަބަރު