ދިވެހި|English 9 ޖުލައި 2026 · 04:21
Top banner
Advertisement
ޓްރަމްޕް ރައީސް ކަމުގެ ހުވައި ކުރައްވައިފި
ދުނިޔެ

ޓްރަމްޕް ރައީސް ކަމުގެ ހުވައި ކުރައްވައިފި

މމުހައްމަދު އަލީ21 ޖެނުއަރީ 2025
އެމެރިކާގެ ރައީސް ކަމަށް އިންތިޚާބު ކޮށްފައިވާ ޑޮނަލްޑް ޓްރަމްޕް ރައީސްކަމުގެ ހުވައި ކުރައްވައިފިއެވެ. އެމަނިކުފާނުގެ އިތުރުން ނާއިބު ރައީސް ޖޭޑީ ވާންސް ވެސް ވަނީ ހުވައި ކުރައްވައިފައެވެ. ޓްރަމްގެ ރައީސް ކަމުގެ ހުވައި ކުރެއްވުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ އެމެރިކާގެ ކެޕިޓޮލް ރޮޓަންޑާގައެވެ. މި ރަސްމިއްޔާތުގައި އެގައުމުގެ ކުރީގެ ރައީސުންނާއި ކުރީގެ މިނިސްޓަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ. ޓްރަމްޕް މިފެށްޓެވި އެމަނިކުފާނުގެ ދެވަނަ ދައުރެވެ. އަދި އެމަނިކުފާނު މިފަހަރު ހުވައި ކުރެއްވީ އެމެރިކާގެ ސަތާޅީސް ވަނަ ރައީސްގެ ގޮތުގައެވެ. ޓްރަމްޕަށް ރިޔާސީ ދެވަނަ ދައުރެއް ލިބި ވަޑައިގެންނެވީ އެއް ދައުރުގެ މެދުކެނޑުކަމަކަށްފަހުއެވެ. އެމަނިކުފާނު ވަނީ އެމެރިކާގެ ރައީސްކަން ދެހާސް ސަތާރައިން ދެހާސް އެކާވީހަށް ކުރައްވައިފައެވެ. އެއަށްފަހު ދެވަނަ ދައުރު ލިބިވަޑައިނުގެންނެވިއެވެ އެފަހަރުގެ އިންތިޚާބު ކާމިޔާބު ކުރެއްވީ ޖޯ ބައިޑެން އެވެ. ރައީސް ޓްރަމްޕަކީ 1890 ގެ އަހަރުތަކުގެ ފަހުން، އިންތިޚާބުގައި ބަލިވި ރައީސަކަށް ދެވަނަ ދައުރެއް އެގައުމުގެ ރައްޔިތުން ދިން ފުރަތަމަ ފަހަރެވެ.  

ގުޅުންހުރި ޚަބަރު