ދިވެހި|English 9 ޖުލައި 2026 · 04:25
Top banner
Advertisement
ސައިފް އަލީހާން ހޮސްޕިޓަލުން ދޫކޮށްލައިފި
ދުނިޔެ

ސައިފް އަލީހާން ހޮސްޕިޓަލުން ދޫކޮށްލައިފި

އއަހުމަދު މުހައްމަދު21 ޖެނުއަރީ 2025
ވަޅިން ދިން ހަމަލާއިން ލިބުނު ޒަހަމްތަކަށް ފަރުވާ ދިނުމަށްފަހު ބޮލީވޫޑްގެ މަޝްހޫރު  ތަރި ސައިފް އަލީހާން މިއަދު ހޮސްލިޓަލުން ދޫކޮށްލައިފިއެވެ. ސައިފް އަލީހާނަށް ވަޅިން ހަމަލާދީ ޒަޚަމްކޮށްލީ ވައްކަންކުރަން އޭނާގެ އެޕާޓްމެންޓަށް ރޭގަނޑުގެ ވަގުތުގައި ވަން ވަގެކެވެ. މި ހަމަލާގައި ސައިފު ޒަހަމްވެގެން ލީލާވަތީ ހޮސްޕިޓަލްގައި އެޑްމިޓްކުރީ މިމަހު 16 ގައެވެ. މީޑިއާތަކުން ބުނެފައިވަނީ އެ ހަމަލާގައި ސައިފްގެ ހަށިގަނޑުގެ ފަސް ތަނެއް ޒަހަމްވެފައިވާ ކަމަށެވެ. އޭގެ ތެރެއިން ސީރިއަސް ދެ ޒަހަމެއް ފާހަގަވެފައިވާ ކަމަށްވެސް ބުނެފައިވެއެވެ. އެކަމުގެ ސަބުން ކުރި އޮޕަރޭޝަންގައި އޭނާގެ މައި ބަދައާދިމާލުން، ހަމަލާދިން ވަޅީގެ 2.5 އިންޗީގެ ބައެއް ނަގާފައިވާ ކަމަށްވެސް ޑޮކްޓަރުންނާ ހަވާލާދީ ނޫސްތަކުން ބުނެފައިވެއެވެ. އޭނާ މިއަދު ހޮސްޕިޓަލުން ދޫކޮށްލުމަށްފަހު ކާރުން ގެއަށް އައިސް ގެއަށްވަނީ ހިނގައިފައެވެ. ނަމަވެސް އޭނާގެ ކަރާދިމާއިންނާއި، އުނަގަނޑާދިމާއިން ބެންޑޭޖްކޮށްފައިވާކަން ފާހަގަވެއެވެ. ސައިފަށް ހަމަލާދިން ކަމުގެ ތުހުމަތުގައި، މުހައްމަދު ޝަރީފުލް އިސްލާމް، ނަމަކަށްކިޔާ ބަނގުލާދޭޝްމީހަކު ވަނީ ހައްޔަރު ކޮށްފައެވެ. މައުލޫމާތު ލިބިފައިވާގޮތުގައި އެއީގައުމީ ފެންވަރުގެ ރެސްލިން ތެޅުން ތެރިއެކެވެ.

ގުޅުންހުރި ޚަބަރު