ދިވެހި|English 9 ޖުލައި 2026 · 04:24
Top banner
Advertisement
މައިކްރޯސޮފްޓުން 3 ބިލިއަން ޑޮލަރު އިންވެސްޓްކުރަނީ
ދުނިޔެ

މައިކްރޯސޮފްޓުން 3 ބިލިއަން ޑޮލަރު އިންވެސްޓްކުރަނީ

އއިބްރާހީމްް ސަމީރު23 ޖެނުއަރީ 2025
މައިކްރޯސޮފްޓްގެ ޗެއާމަން އަދި ސީއީއޯ ސަތުޔާ ނަޑޭލާ ވަނީ ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި އިންޑިއާގެ ކްލައުޑް އަދި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އިންފްރާސްޓްރަކްޗަރ ތަރައްގީ ކުރުމަށް 3 ބިލިއަން އެމެރިކާ ޑޮލަރު އިންވެސްޓް ކުރާނެ ކަމަށް އިއުލާން ކޮށްފަ އެވެ. މި އިންވެސްޓްމަންޓަކީ އިންޑިއާ ސަރުކާރުގެ  "އިންޑިއާ އޭއައި"  އިނިޝިއޭޓިވްގެ ދަށުން، އެ ގައުމުގައި އޭއައި ގެ އީޖާދުތައް ހަލުއި ކޮށްދިނުމަށް ކުރާ އިންވެސްޓްމަންޓެކެވެ. އިންޑިއާގެ އޭއައި ލޭންޑްސްކޭޕް ހަލުވި ދުވެލީގައި ކުރިއަރަމުންދާ ކަމަށް ސަތުޔާ ނަޑޭލާ ވަނީ ފާހަގަކުރައްވާފައެވެ. ދުނިޔެ އޭއައި އިގްތިސާދަކާ ދިމާއަށް ދަތުރުކުރަމުންދާއިރު، އިންޑިއާ ވަނީ މި ދާއިރާގައި ވަރަށް ބޮޑު ކުރިއެރުމެއް ހޯދާފައެވެ. މަތީ ހުނަރުވެރި އިންސާނީ ވަސީލަތްތަކާއި، ވިޔަފާރިވެރިންގެ ބޮޑު ޝައުގުވެރި މަރުކަޒެއްގެ އިތުރުން ޑިޖިޓަލްކޮށް ބާރުވެރިކޮށްފައިވާ އިންފްރާސްޓްރަކްޗަރ އާއި ސަރުކާރުގެ ފަހި ސިޔާސަތުތަކުގެ ސަބަބުން، އިންޑިއާ ވަނީ ދުނިޔޭގެ ތިންވަނައަށް އެންމެ ބޮޑު އޭއައި އިގްތިސާދަކަށް ފައްކާ ވުމުގެ މަގުމަތީގައެވެ. އިންޑިއާއިން ވަނީ "އޭއައި އިން  ބާރުދޭ ޕަބްލިކް ސާވިސަސް އާއި ޑިޖިޓަލްކޮށް ބާރުވެރި އިންފްރާސްޓްރަކްޗާގެ ގްލޯބަލް ފްރޭމްވޯކެއް" އެކުލަވާލުމަށް އިސްކަންދީފައެވެ. މީގެ ސަބަބުން ހެލްތު، ބޭންކިންގ، ފައިނޭންސް އަދި އެޑިއުކޭޝަން ފަދަ ދާއިރާތަކުގައި އޭއައިގެ ބޭނުން އިތުރަށް ހިފޭނެ ކަމަށް ބެލެވެއެވެ. އިންޑިއާގެ މި އިސްނެގުމަކީ އޭއައި އެޑޮޕްޝަން އިތުރުކޮށް، އިނޮވޭޝަން އާއި ވަޒީފާގެ ބާޒާރަށް އައު ބަދަލުތަކެއް ގެނެސްދޭނެ ކަމެއްގެ ގޮތުގައި ފާހަގަކުރެވެއެވެ. އަދި މި ދާއިރާގައި ދުނިޔޭގެ ދެކުނު ބިތުގެ ގައުމުތަކުގެ ލީޑަރެއްގެ ގޮތުގައި އިންޑިއާގެ ދައުރު އިތުރަށް ފުޅާވެގެންދާނެ ކަމަށް ބެލެވެއެވެ.  

ގުޅުންހުރި ޚަބަރު