ދިވެހި|English 9 ޖުލައި 2026 · 04:24
Top banner
Advertisement
އިންޑިއާ އާއި ފިލިޕީންސްގެ މެރިޓައިމް ގުޅުން އިތުރަށް ބަދަހިވަނީ
ދުނިޔެ

އިންޑިއާ އާއި ފިލިޕީންސްގެ މެރިޓައިމް ގުޅުން އިތުރަށް ބަދަހިވަނީ

އއިބްރާހީމްް ސަމީރު23 ޖެނުއަރީ 2025
އިންޑިއާ އާއި ފިލިޕީންސްގެ ޑިޕްލޮމެޓިކް ގުޅުމުގެ 75 އަހަރު ފާހަގަކުރުމާ ދިމާކޮށް، 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހު ދެ ގައުމުގެ މެދުގައި ފުރަތަމަ "ޓްރެކް 1 މެރިޓައިމް ޑައިލޮގް" ބޭއްވިއެވެ. މި މަޝްވަރާތައް ކުރިއަށް ގެންދިޔައީ ދެ ގައުމުގެ ފޮރިން މިނިސްޓްރީގެ އިސް އޮފިޝަލުންގެ ބައިވެރިވުމާ އެކުގައެވެ. ދެ ގައުމުގެ މެދުގައި ގުޅުން ބަދަހި ވުން، ނިސްބަތުން ލަސްވެގެން ދިޔަ ނަމަވެސް، ޗައިނާއާ ގުޅޭ ކަންބޮޑުވުންތަކާއި ދެކުނު ޗައިނާ  ކަނޑުގެ ކޯޅުންތަކުގެ ސަބަބުން ފާއިތުވި އަހަރުތަކުގައި ދެ ގައުމުން ވެސް ވަނީ ދިފާއީ ދާއިރާގައި ގުޅުން ބަދަހިކޮށްފައެވެ.  ދެކުނު ޗައިނާ ކަނޑުގެ ތިލަތައް ކަމަށްވާ، ސެކަންޑް ތޯމަސް އާއި ސަބީނާ ޝޯލްގައި ފިލިޕީންސްގެ މިޝަންތަކަށް ޗައިނާއިން ކުރިމަތިކުރުވި ގޮންޖެހުންތަކާއި، 2020 ވަނަ އަހަރުގެ ޖޫން މަހު ހިނގި ގަލްވާން ހަމަނުޖެހުމާ ގުޅިގެން އިންޑިއާ-ޗައިނާ ގުޅުން ވަޅޯ ވުމަކީ، މީގެ މައިގަނޑު ސަބަބުތަކެވެ. ދެކުނު އިރުމަތ އޭޝިއާގެ އެހެން ގައުމުތަކާ އަޅާބަލާއިރު، ފިލިޕީންސްއާ އެކު އިންޑިއާގެ ޕާޓްނަޝިޕަކީ ނިސްބަތުން އައު ގުޅުމެކެވެ. އިންޑިއާގެ ލުކް އީސްޓް ޕޮލިސީގެ ދަށުން 1990 ގެ އަހަރުތަކުން ފެށިގެން ދެކުނު އިރުމަތީ އޭޝިއާގެ ގައުމުތަކާއެކު ކަނޑުގެ ސިފައިންގެ އެކްސަސައިޒްތައް ކުރިއަށް ގެންދިޔަ ނަމަވެސް، ފިލިޕީންސްއާއެކު މިފަދަ ތަމްރީނުތައް ފެށުނީ 2000 ގެ އަހަރުތަކުގެ މެދުތެރޭގައެވެ. ދެ ގައުމުގެ މެދުގައި ގިނަ ދާއިރާތަކުން ގުޅުން ބަދަހިނަމަވެސް ދެ ގައުމުގެ ބައިލެޓަރަލް އެންގޭޖްމަންޓްގެ ކުރިއެރުމާއި ހަރުދަނާކަން ބިނާވެގެންދާނީ ޗައިނާއާއެކު އޮންނަ ގުޅުން ނިއުޅެމުންދާ މިސްރާބުގެ މައްޗަށެވެ. ޗައިނާއަކީ ދެކުނު ޗައިނާ ކަނޑާއި ފިލިޕީންސް ކަނޑުގައި ޗައިނާއަށް ފާރަވެރިވާ ޤައުމެކެވެ. މެލީނާއިން ދަނީ އިންޑިއާގެ ބްރަހަމޯސް މިސައިލް ގަތުމަށް މަސައްކަތް ކުރަމުންނެވެ.  

ގުޅުންހުރި ޚަބަރު