ދިވެހި|English 9 ޖުލައި 2026 · 05:12
Top banner
Advertisement
ޓްރަމްޕަށް މޮދީގެ ސިޓީފުޅެއް
ދުނިޔެ

ޓްރަމްޕަށް މޮދީގެ ސިޓީފުޅެއް

އއިބްރާހީމްް ސަމީރު23 ޖެނުއަރީ 2025
ވޮޝިންޓަން ޑީސީގައި ބޭއްވި ރައީސް ޑޮނަލްޑް ޓްރަމްޕްގެ ހުވައިކުރައްވާ ރަސްމިއްޔާތުގައި ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ޚާއްސަ މަންދޫބުގެ ގޮތުގައި ވަޑައިގަތީ އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރު އެސް ޖައިޝަންކަރެވެ. ޖަޔަޗަންކަރު ވަނީ، ރައީސް ޓްރަމްޕަށް ބޮޑުވަޒީރު ގެ ފަރާތްޕުޅުން ސިޓީއެއްވެސް ގެންދަވާފައި ކަމަށް މަސްދަރުތަކުން ބުނެ އެވެ. އިނޑިއާއިންގެންގުޅޭ އާންމު އުސޫލަކީ ސަރުކާރުތަކުގެ އިސްވެރިން ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވުމަށް ބޮޑުވަޒީރުގެ ސްޕެޝަލް އެންވޯއީން ފޮނުއްވުން ކަމަށް ވެސް އިންޑިއާ ސަރުކާރުން ބުނެއެވެ. 2023 ވަނަ އަހަރުގެ މެއި މަހު ނައިޖީރިއާގެ ރައީސް ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރު ރާޖްނާތު ސިންގް ބައިވެރިވެވަޑައިގެންނެވިއިރު، 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހު ރާއްޖޭގެ ރައީސް ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި އޭރުގެ މިނިސްޓަރު އޮފް އާރތް ސައިންސަސް ކިރެން ރިޖިޖޫ ބައިވެރިވެ ވަޑައިގެންނެވި އެވެ. 2024 ވަނަ އަހަރުގެ ޖުލައި މަހު އީރާނުގެ އާ ރައީސް ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި ރޯޑް ޓްރާންސްޕޯޓް އެންޑް ހައިވޭސް މިނިސްޓަރު ނިތިން ގަޑްކާރީ ބައިވެރިވެވަޑައިގެންނެވި އެވެ. މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އިންޑޮނޭޝިއާގެ ރައީސް އާއި މެކްސިކޯގެ ރައީސް ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު އޮފް ސްޓޭޓް ފޯ އެކްސްޓަރނަލް މިނިސްޓަރު ޕަބިޓްރާ މާގޭރިޓާ ބައިވެރިވެވަޑައިގެންނެވި އެވެ. އޭރުގެ މިނިސްޓަރު ފޯ އެކްސްޓާނަލް އެފެއާޒް ރާޖް ކުމާރު ރަންޖަން ސިންގް ވަނީ 2022 ވަނަ އަހަރުގެ ޖޫން މަހު ފިލިޕީންސްގެ ރައީސް ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފަ އެވެ.

ގުޅުންހުރި ޚަބަރު