ދިވެހި|English 9 ޖުލައި 2026 · 04:23
Top banner
Advertisement
އެމެރިކާގެ ސިޔާސީ މައިދާނުގައި އިންޑިއާ ދަރިކޮޅުގެ މީހުން
ދުނިޔެ

އެމެރިކާގެ ސިޔާސީ މައިދާނުގައި އިންޑިއާ ދަރިކޮޅުގެ މީހުން

އއިބްރާހީމްް ސަމީރު23 ޖެނުއަރީ 2025
އެމެރިކާގެ 47 ވަނަ ރައީސްގެ މަގާމަށް ޓްރަމްޕް ހުވައި ކުރެއްވުމުން އެމެރިކާގައި ދިރިއުޅޭ އިންޑިއާ ނަސްލުގެ މީހުންގެ ޖަމިއްޔާއިން ވަނީ ޓްރަމްޕަށް ތަހުނިޔާ ދަންނަވާފައެވެ. މި ތަހުނިޔާގައި އެ ޖަމިއްޔާއިން ވަނީ އެމެރިކާގެ ސިޔާސީ މައިދާނުގައި އިންޑިއާ ދަރިކޮޅުގެ މީހުންގެ ނުފޫޒު އިތުރުވަމުންދާކަން ފާހަގަކޮށްފައެވެ. އިންޑިއާސްޕޯރާއިން ޖަމުއިއްޔާއިން ބުނާ ގޮތުގައި އެ ޖަމިއްޔާ 2012 ވަނަ އަހަރު އުފެދުނު ފަހުން، އެމެރިކާގެ ސިޔާސީ މަސްރަހުގައި އިންޑިއާ ދަރިކޮޅުގެ އެމެރިކާ މީހުންގެ ބަސްވިކޭ މިންވަރު ވަނީ އިތުރުވެފައެވެ. އަދި އެ ޖަމުއިއްޔާގެ މެމްބަރުންގެ އަމާޒަކީ ވަކި ޕާޓީއަކަށް ނުވަތަ ވަކިބަޔަކާ، ސިޔާސީ ގުޅުންތައް ބަދަހިކުރުން ނޫން ކަމަށް ވެސް އެ ޖަމިއްޔާއިން ވަނީ ފާހަގަކޮށްފައެވެ. ރައީސް ޓްރަމްޕްގެ ދެވަނަ ދައުރުގެ ވެރިކަމުގައި އިންޑިއާ ދަރިކޮޅުގެ ގިނަ ބޭފުޅުންނަށް މުހިއްމު މަގާމުތަކެއް ލިބިފައިވެއެވެ. މީގެ ތެރޭގައި ހަރްމީތު ކައުރު ޑިލޮން  އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޖަސްޓިސްގެ އެސިސްޓެންޓް އެޓާނީ ޖެނެރަލް ފޯ ސިވިލް ރައިޓްސްގެ މަގާމަށް އައްޔަން ކުރުމާއި، ވިވެކް ރަމަސްވާމީ، ޑިޕާޓްމަންޓް އޮފް ގަވަރމަންޓް އެފިޝަންސީގެ ވެރިޔާގެ މަގާމަށް ހަމަޖެއްސުން ހިމެނެއެވެ. އިންޑިއާސްޕޯރާގެ ފައުންޑަރ އަދި ޗެއާމަން އެމްއާރު ރަންގަސްވާމީ ވަނީ އެމެރިކާއާއި އިންޑިއާއާ ދެމެދު އޮންނަ ވަރުގަދަ ގުޅުމަށް އަލިއަޅުވާލައްވައި، އާ ސިޔާސީ މާހައުލުގައި ދެ ގައުމުގެ ގުޅުން އިތުރަށް ކުރިއަރާނެ ކަމަށް އުއްމީދު ފާޅުކުރައްވާފައެވެ.

ގުޅުންހުރި ޚަބަރު