ދިވެހި|English 9 ޖުލައި 2026 · 05:13
Top banner
Advertisement
ފަރުބަދައަށް އަރަން ނަގާ ފީ ބޮޑުކޮށްފި
ދުނިޔެ

ފަރުބަދައަށް އަރަން ނަގާ ފީ ބޮޑުކޮށްފި

އއިބްރާހީމްް ސަމީރު23 ޖެނުއަރީ 2025
ޕާކިސްތާނުން ހިފާފައިވާ ގިލްގިޓް ބާލްޓިސްތާންގައި ފަރުބަދައަށް އެރުމަށް ނަގާ ފީ ބޮޑު ކުރުމުން ޓުއާ އޮޕަރޭޓަރުން ކަންބޮޑުވުން ފާޅުކޮށްފިއެވެ. މިފަދަ ފިޔަވަޅުތަކުން ގިލްގިޓުގެ ކުރިއަރަމުން އަންނަ އެޑްވެންޗާ ޓޫރިޒަމް އިންޑަސްޓްރީއަށް ގެއްލުން ވާނެ ކަމަށް ޑޯން އިން ރިޕޯޓްކޮށްފައިވެ އެވެ. ގިލްގިޓްގެ ޓުއާ އޮޕަރޭޓަރުން ވަނީ އަލަށް ތައާރަފް ކުރި އަގުތައް އަނބުރައ ގެންދިއުމަށް ސަރުކާރުގައި އެދިފައެވެ. ކޭ-2 ފަދަ ދުނިޔޭގެ އެންމެ އުސް ބައެއް ފަރުބަދަތަކާއި 7،000 މީޓަރަށް ވުރެ މަތީގެ 100 އަށް ވުރެ ގިނަ ފަރުބަދަތައް ގިލްގިޓް ބޯލްޓިސްތާންގައި ހުރެއެވެ. މިތަންތަނަކީ، ޒަމާނުއްސުރެން ބައިނަލްއަގްވާމީ އެޑްވެންޗަރުންނަށް މަގްބޫލު މުހިންމު މަންޒިލެކެވެ. ޓުއާ އޮޕަރޭޓަރުން ބުނަނީ، މިފަދަ ފަތުރުވެރިކަމުގެ ދާއިރާއިން ފައިދާކުރަނީ، ހަމައެކަނި ސަރުކާރަށް ނޫން ކަމަށާއި، ކުދި ވިޔަފާރިތަކަށް ވެސް ފައިދާތަކެއް ކުރަމުންދާ ކަމަށެވެ. އޭގެ ތެރޭގައި ޓުއާ އޮޕަރޭޓަރުންނާއި، އެކޮމަޑޭޝަން ފޯރުކޮށްދޭ ފަރާތްތަކާއި  ޓްރާންސްޕޯޓަރުންނާއި، އުހަށް ސާމާނު އުފުލައިދޭ ޕޯޓަރުންނާއި، ރެސްކިއު ޓީމްތައް ހިމެނެއެވެ. މިސާލަކަށް ކޭ-2 އަށް ބޭރުގެ އެންމެ އެކްސްޕެޑިޝަނަކުން އެކަނި ވެސް ގާތްގަނޑަކަށް 60،000 ޑޮލަރުގެ އާމްދަނީއެއް ލިބިގެން ދެއެވެ. ޕާކިސްތާން ސަރުކާރުން ދާދި ފަހުން ވަނީ، ޓްރެކިން ޕާމިޓާއި ރޯޔަލްޓީ ފީ ބޮޑުކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން މި ސަރަހައްދަށް ޒިޔާރަތްކުރާ މީހުންގެ އަދަދު ވަރަށް ބޮޑަށް ދަށްވެ، ޚާއްސަކޮށް ފަތުރުވެރިކަމަށް ބަރޯސާވާ ސިނާއަތްތަކުގައި ވަޒީފާގެ ގެއްލުން ބޮޑުވެފައި ވެއެވެ. މި ބަދަލުތަކުގެ ސަބަބުން ކުދި ވިޔަފާރިތަކަށް މާލީ ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް ޓުއާ އޮޕަރޭޓަރުން އިންޒާރު ދެއެވެ. ގިލްގިޓްގެ ހާލަތު އިތުރަށް ގޯސްވަނީ، ސަރުކާރުން ސަބްސިޑީ ދީފައިވާ ހަނޑުލުގެ އަގު މިހާރު ވަނީ ކުރިން ކިލޯއެއް 20 ރުޕީސް އަށް ދެމުން ގޮސް މިހާރު ކިލޯއެއް 36 ރުޕީސްއަށް ބޮޑުކޮށްފައެވެ.

ގުޅުންހުރި ޚަބަރު