ދިވެހި|English 9 ޖުލައި 2026 · 04:21
Top banner
Advertisement
އެމެރިކާ އައު ޚާރިޖީ ވަަޒީރު ފިލިޕީންސް ޚާރިޖީ ވަޒީރާ ވާހަކަ ދައްކަވައިފި
ދުނިޔެ

އެމެރިކާ އައު ޚާރިޖީ ވަަޒީރު ފިލިޕީންސް ޚާރިޖީ ވަޒީރާ ވާހަކަ ދައްކަވައިފި

އއިބްރާހީމްް ސަމީރު26 ޖެނުއަރީ 2025
އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިއޯ ވަނީ ފިލިޕީންސްގެ ޚާރިޖީ ވަޒީރު އެންރިކޭ މަނާލޯއާ ފޯނުން ގުޅުއްވައި، ދެކުނު ޗައިނާ ކަނޑުގައި ބެއިޖިން އިން ކުރިއަށް ގެންދާ އަސްކަރީ ހަރަކާތްތައް ކުށްވެރި ކުރައްވާފަ އެވެ. ރޫބިއޯ ވިދާޅުވީ އެމެރިކާއާއި ފިލިޕީންސްއާ ދެމެދު ސޮއިކޮށްފައިވާ ޑިފެންސް ޓްރީޓީގެ ދަށުން އެމެރިކާއިން ފިލިޕީންސަށް ސަޕޯޓު ކުރާނެ ކަމަށް ވިދާޅުވެފައެވެ. ސްޓޭޓް ޑިޕާޓްމަންޓުގެ ތަރުޖަމާނު ޓެމީ ބްރޫސް ވިދާޅުވީ، ބުދަ ދުވަހު ކުރިއަށް ގެންދެވި ފޯނު ކޯލުގައި ޗައިނާގެ މައްސަލާގެ އިތުރުން ދެ ފަރާތުން ޝައުގުވެރިވާ އެހެން މައްސަލަތަކަށްވެސް މަޝްވަރާކޮށްފައި ވެއެވެ މި ދެބޭފުޅުންގެ ފޯނު ކޯލަށް އިޝާރާތް ކުރައްވަމުން، ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު މައޯ ނިންގް ވިދާޅުވީ ކަނޑުތަކުގައި ޗައިނާއިން ހިންގާ ހަރަކާތްތަކަކީ ގާނޫނީ ގޮތުން ހުއްދަ ހަރަކާތްތަކެއް ކަމަށެވެ. އަދި އޭނާ ވިދާޅުވީ، އެމެރިކާއަކީ ދެކުނު ޗައިނާ ކަނޑުގެ މައްސަލައިގައި ބައިވެރިވާން ޖެހޭ ފަރާތެއް ނޫން ކަމަށާއި ޗައިނާއާއި ފިލިޕީންސްގެ ކަނޑުގެ މައްސަލަތަކަށް ވަދެގަތުމުގެ އެއްވެސް ހައްގެއް އެމެރިކާއަށް ނެތް ކަމަށެވެ. މި ވާހަކަތަކަކީ، އެމެރިކާގެ ޚާރިޖީ ވަޒީރު މަގާމާ ހަވާލުވެ ވަޑައިގަތުމަށްފަހު ޗައިނާއަށް ސީދާ އަމާޒުކޮށް ދެއްކެވި ފުރަމަ ވާހަކަތަކެވެ. ފިލިޕީންސް އިން ބުނާ ގޮތުގައި ޗައިނާގެ ކޯސްޓްގާޑް އުޅަނދުތައް ސްކާބަރޯ ޝޯލް ކައިރީގައި ފިލިޕީންސަށް އުދަގޫ ކުރެއެވެ. އަދި ޗައިނާއިން ބުނަނީ ފިލިޕީންސްއިން ކަންބޮޑުކޮށްގެން ވާހަކަ ދައްކާ ކަމަށެވެ.

ގުޅުންހުރި ޚަބަރު