ދިވެހި|English 9 ޖުލައި 2026 · 04:29
Top banner
Advertisement
ޗައިނާ މުދަލުން ނަގާ ޓެކްސް ބޮޑު ކުރާކަށް ނުކެރުނު
ދުނިޔެ

ޗައިނާ މުދަލުން ނަގާ ޓެކްސް ބޮޑު ކުރާކަށް ނުކެރުނު

އއިބްރާހީމްް ސަމީރު26 ޖެނުއަރީ 2025
އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ދެ ޕާޓީގެ މެމްބަރުން ވަނީ ޗައިނާއަށް ތަކައި ފާސްކޮށްފައިވާ ޕަރމަނަންޓް ނޯމަލް ޓްރޭޑް ރިލޭޝަންސް (ޕީއެންޓީއާރު) ގާނޫނު ބާތިލްކޮށް، އަދި އޭގެ އިތުރުން، ކުރިން ފާސްކޮށްފައި އޮތް މޯސްޓް ފޭވަރޑް ނޭޝަން (އެމްއެފްއެން) ޓްރޭޑް ސްޓޭޓަސްވެސް ބާތިލްކޮށް، ޗައިނާގެ މުދަލުން %100 ޓެރިފް ނެގުމަށް ބިލެއް ހުށަހަޅާފައެވެ. ޗައިނާގެ ކޮމިއުނިސްޓް ޕާޓީއާ ބެހޭ ހައުސް ސެލެކްޓް ކޮމިޓީގެ ޗެއާމަން ރިޕަބްލިކަން ޕާޓީގެ ޖޯން މޫލެނާއާ ވަނީ މިދިޔަ ނޮވެމްބަރު މަހު މި ބިލް ތައާރަފްކޮށްފަ އެވެ. ޖެނުއަރީ 23 ވަނަ ދުވަހު އޭނާ ވަނީ އެ ބިލް ޕްރޮމޯޓް ކުރުމަށް ޑިމޮކްރެޓިކް ޕާޓީގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރު ޓޮމް ސުއޯޒީވެސް ތާއީދު ދެއްވާތީ އެއީ، ދެ ޕާޓީގެ ބިލަކަށް ހައްދަވާފައިވާ ކަމަށް އިއުލާން ކުރައްވާފަ އެވެ. މޫލެނާރު މިކަން އިއުލާން ކުރެއްވީ ޗައިނާގެ ޕީއެންޓީއާރުއާ ގުޅޭ ހުށަހެޅުންތައް ވަޒަން ކުރުމަށް ސެކްރެޓަރީ އޮފް ކޮމާސް އާއި އެމެރިކާގެ ޓްރޭޑް ރެޕްރެޒެންޓޭޓިވް އަށް ޖެނުއަރީ 20 ވަނަ ދުވަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަންގަވައި އެގްޒެކެޓިވް އޯޑަރެއްގައި ސޮއި ކުރެއްވުމުންނެވެ. ކެމްޕޭން ތެރޭގައި ޓްރަމްޕް ވަނީ ޗައިނާގެ ހުރިހާ މުދަލަކުން %60 ޓެރިފް ނެގުމަށް ވައުދުވެވަޑައިގެންފައެވެ. ނަމަވެސް ޖެނުއަރީ 20 ވަނަ ދުވަހު ހުވައި ކުރެއްވި ފަހުން ބޮޑު އަދަދަކުން ޓެކްސް ނަގަން ޓްރަމްޕް ވަނީ ފަސްޖެހިވަޑައިގެންފަ އެވެ.

ގުޅުންހުރި ޚަބަރު