ދިވެހި|English 9 ޖުލައި 2026 · 05:11
Top banner
Advertisement
އިންޑިއާގެ 76 ވަނަ ޖުމްހޫރީ ދުވަސް ކުލަގަދަކޮށް ފާހަގަ ކޮށްފި
ދުނިޔެ

އިންޑިއާގެ 76 ވަނަ ޖުމްހޫރީ ދުވަސް ކުލަގަދަކޮށް ފާހަގަ ކޮށްފި

އއިބްރާހީމްް ސަމީރު26 ޖެނުއަރީ 2025
އިންޑިއާގެ 76 ވަނަ ޖުމްހޫރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އިންޑިއާގެ އެކި ސްޓޭޓްތަކުން 16 ފުޅަނދުތައްޔާރު ކޮށްގެން ބައިވެރި ކުރިއެވެ. އިންޑިއާއިން ޖުމްހޫރީ ދުވަސް ފާހަގަކުރަނީ 1950 ވަނަ އަހަރު ގާނޫނުއަސާސީ ތަސްދީގު ކުރުމާއި، ޖުމްހޫރިއްޔާއެއްގެ ގޮތުގައި އިންޑިއާއިން ކުރި ދަތުރު ފާހަގަކުރުމުގެ ގޮތުން ޖެނުއަރީ 26 ވާ އާދީއްތަ ދުވަހު އެވެ. މިއަހަރުގެ ހަރަކާތުގެ ޝަރަފްވެރި މެހެމާނެއްގެ ގޮތުގައި އިންޑޮނޭޝިއާގެ ރައީސް ޕްރަބޯވޯ ސުބިއަންޓޯއަށް ދައުވަތު އަރުވާފައި ވެއެވެ. އެ އިޙުތިފާލުގައި ވީވީއައިޕީގެ އިއްޒަތްތެރިންގެ އިތުރުން ޕެރަލިމްޕިކް ކޮންޓިންޖެންޓްގެ މެމްބަރުންނާއި އެންމެ އަތްތެރި މަސައްކަތް ދައްކާ އާޓިޒަނުން ބައިވެރި ވެފައި ވެއެވެ. ޖުމްހޫރީ ދުވަހުގެ 76 ވަނަ ޕެރޭޑް ކާރުތަވްޔާ ޕާތުގައި މިއަދު ފެށީ ރައީސް ޑްރޫޕަދީ މުރުމު ސެލިއުޓު ނެންގެވުމާއެކުގައެވެ. އިންޑިއާގެ ކަނޑުގެ ސިފައިން ވަނީ އިންޑިއާގެ އަމިއްލަ އުފެއްދުމަށް ބަރޯސާވާ އިންޑިއާގެ ނަޒަރިއްޔާތުގެ އިސްނެގުން ސާބިތުކޮށްދޭ، މަނަވަރުތައް ކަމަށްވާ އައިއެންއެސް ސޫރަތާއި އައިއެންއެސް ނިލްގިރީ ފަދަ އަމިއްލައަށް އުފައްދާފައިވާ ހަނގުރާމަ މަތީ މަނަވަރުތައް ދައްކާލާފައެވެ. އިންޑިއާގެ ވައިގެ ސިފައިން ވަނީ މިގް-29 ޖެޓްތަކުން އުދުހި މަތިން ހުނަރުތައް ދައްކާފައެވެ. އިންޑިއާގެ ޑިފެންސް ރިސާޗް އެންޑް ޑިވެލޮޕްމަންޓް އޮގަނައިޒޭޝަން (ޑީއާރުޑީއޯ) އިން ވަނީ އަލަށް އުފައްދާފައިވާ ޕްރަލޭ މިސައިލްގެ އެންމެ ޒަމާނީ މިސައިލާއި ދިފާއީ ނިޒާމުތައް ދައްކާލާފައެވެ. ދުވަހުގެ އަސްކަރީ ހަރަކާތުގައި އިންޑޮނޭޝިއާގެ ފައުޖެއްވެސް ބައިވެރިކޮށްފައި ވެއެވެ.

ގުޅުންހުރި ޚަބަރު