ދިވެހި|English 9 ޖުލައި 2026 · 04:24
Top banner
Advertisement
ފެންޓަނިލް އާ ހެދި އެމެރިކާ ޗައިނާ ވިޔަފާރިއަށް ހިޔަނި އެޅިއްޖެ
ދުނިޔެ

ފެންޓަނިލް އާ ހެދި އެމެރިކާ ޗައިނާ ވިޔަފާރިއަށް ހިޔަނި އެޅިއްޖެ

އއިބްރާހީމްް ސަމީރު27 ޖެނުއަރީ 2025
މަސްތުވާ މަސްނޫއީ ބާވަތެއް ކަމަށްވާ ފެންޓަނިލް ދައުރުވުން ހުއްޓުވުމަށް އެމެރިކާއިން ކުރާ މަސައްކަތްތަކުގެ ސަބަބުން އެމެރިކާ އާއި ޗައިނާގެ މެދުގައި މިންވަރެއްގެ އެއްބާރުލުމެއް އުފެދިފައިވެއެވެ. މިގޮތުން ފާއިތުވި އޯގަސްޓް މަހު ބޭޖިންގުން ފެންޓަނިލްއާ ގުޅޭ ގަވާއިދުތައް ހަރުކަށިކޮށްފައިވެއެވެ. ނަމަވެސް، ރައީސް ޑޮނަލްޑް ޓްރަމްޕް ޗައިނާ މުދަލަށް ޓެރިފް ނެގުމަށް ކުރައްވާ އިންޒާރުތަކުގެ ސަބަބުން ގުޅުންތަކަށް ހީނަރުކަން އައިސްފައިވެއެވެ. އަދި މިކަމުގެ ސަބަބުން އެމެރިކާ އާއި ޗައިނާގެ ގުޅުމަށް އަސަރުކުރުމުގެ ފުރުސަތު އެބައޮތެވެ. އެމެރިކާގެ އިންޒާރާއެކު ޗައިނާގެ ހިއްސާބާރަށް ހީނަރުކަމެއް ވެރިވެފައި ވެއެވެ. ހޮންގކޮންގެ ހޭންގ ސެންގ އިންޑެކްސް ވަނީ ދަށަށް ގޮސްފައެވެ. އަދި ޗައިނާގެ ރެންމިންބީގެ އަގު ޑޮލަރާ އަޅާބަލާއިރު 0.3% އަށް ދަށްވެފައިވެއެވެ. ޗައިނާގެ ފޮރިން މިނިސްޓްރީން ވަނީ އެމރިކާއާއެކު މަސްނޫއީ ދްރަގް ކޮންޓްރޯލު ކުރުމަށް އެއްބާރުލުން އިތުރުކުރުމަށް ތައްޔާރަށް ތިބިކަމަށް ބުނެފައެވެ. ނަމަވެސް ވިޔަފާރީގެ ހަނގުރާމައަކާ ދެކޮޅަށް އެ މިނިސްޓްރީގެ ބަޔާނުގައި އިންޒާރުދީފައި ވެއެވެ. އަދި "ޗައިނާއިން އަބަދުވެސް އެ ޤައުމުގެ ޤައުމީ މަސްލަހަތު ހިމާޔަތްކުރާނެ" ކަމަށް ބުނެފައިވެއެވެ. ޓްރަމްޕްގެ އެހެން ވިޔަފާރި ރޭވުންތަކުގެ ތެރޭގައި، ކެނެޑާއާއި މެކްސިކޯއަށް އަމާޒު ކުރުންވެސް  ހިމެނެއެވެ. ޓްރަމްޕް ވަނީ، ފެބްރުއަރީ 1 ވަނަ ދުވަހުގެ ކުރިން މެކްސިކޯ އާއި ކެނެޑާއިން ޤާނޫނާ ޚިލާފަށް ހިޖުރަކުރާ މީހުންނާއި ފެންޓަނިލް ޓްރެފިކިންގ ހުއްޓުވުމަށް ފިޔަވަޅު ނާޅައިފިނަމަ، އެ ދެ ޤައުމަށް 25% ގެ ޓެރިފެއް ނަގާނެ ކަމަށް އިންޒާރު ދީފައެވެ. މި ދެ ޤައުމަކީ އެމެރިކާގެ މުހިންމު ދެ ވިޔަފާރި ބައިވެރިންނެވެ. އަދި 2022 ވަނަ އަހަރު ދަށުން 1.8 ޓްރިލިއަން ޑޮލަރުގެ ވިޔަފާރި މުއާމަލާތު ބަދަލު ކޮށްފައިވެއެވެ. ނަމަވެސް އެމެރިކާއާއެކު ވިޔަފާރީގެ ޚިލާފުތައް އިތުރުވަމުން ދާއިރު، އިޤްތިޞާދީ ގޮތުން ލިބިދާނެ ގެއްލުމަކާ މެދު ބިރުވެރިކަން އުފެދިފައިވެއެވެ.  

ގުޅުންހުރި ޚަބަރު