ދިވެހި|English 9 ޖުލައި 2026 · 05:12
Top banner
Advertisement
އައިސިސް ޕާކިސްތާންގައި އުޅޭ ކަމަށް ތާލިބާނުން ތުހުމަތު ކުރޭ
ދުނިޔެ

އައިސިސް ޕާކިސްތާންގައި އުޅޭ ކަމަށް ތާލިބާނުން ތުހުމަތު ކުރޭ

އއިބްރާހީމްް ސަމީރު27 ޖެނުއަރީ 2025
ތާލިބާނުން ބުނާ ގޮތުގައި އައިސިސްއާއި އެހެން ޓެރަރިސްޓް ޖަމާއަތްތަކުގެ މެމްބަރުން ވަނީ ބަލޫޗިސްތާނާއި ޕާކިސްތާނުގެ ޚައިބަރު ޕަޚްތުންޚްވާގެ ބައެއް ގަބީލާ ސަރަހައްދުތަކުގައި އެމީހުންގެ މަރުކަޒުތައް ހަދާފައެވެ. ތާލިބާން ސަރުކާރުން މިދޔަ ހަފްތާގައި ޝާއިއުކުރި އަހަރީ ސަލާމަތީ ރިޕޯޓުގައި ސެންޓްރަލް ކޮމިޝަން ފޯ ސެކިއުރިޓީ އެންޑް ޕާޖިން އޮފް ދަ ތާލިބާނުން ވަނީ ޕާކިސްތާނުން އައިސިސްއަށް ތާއީދުކުރާ ކަމަށް ތުހުމަތުކޮށްފަ އެވެ. އެ ރިޕޯޓުގައި ބުނެފައި ވަނީ އަފްޣާނިސްތާނުގައި އައިސިސް ކޮންޓްރޯލުކޮށް އެމީހުން ފިއްތާލާފައިވާ ކަމަށެވެ. ނަމަވެސް ޕާކިސްތާނުގެ ނުސީދާ ތާއީދާއެކު މި ޖަމާއަތްތަކުގެ ބައެއް ލީޑަރުން ވަނީ އަމިއްލައަށް އަލުން އިންތިޒާމުވާން ފަށާފައި ކަމަށެވެ. ރިޕޯޓުގައިވާ ގޮތުން ގިނަ ކޮމާންޑަރުންނާއި، މުހިންމު ގޮފިތަކުގެ އިސްވެރިންނާއި، ޕްލޭނަރުންނާއި، ބޮޑެތި ހަމަލާތައް ހިންގާ ފަރާތްތަކުގެ އިތުރުން އެމީހުންގެ އެތައް ސަތޭކަ މެމްބަރުންނެއް ވަނީ އަފްޣާނިސްތާންގައި މަރާލާފައި ނުވަތަ ހައްޔަރުކޮށްފައެވެ. މީގެ އިތުރުން އައިސިސްއަށް އަފްޣާނިސްތާންގައި ފިއްތުމާ ކުރިމަތި ލާންޖެހިގެން އަވަށްޓެރި ޤައުމުތަކަށް ފިލައިގެން ދިޔަކަމަށްވެސް ބުނެފައި ވެއެވެ. އައިސިސް ޖަމާޢަތުގެ ބައެއް ލީޑަރުންނާއި މެންބަރުން އަނެއްކާވެސް ބައެއް ފަރާތްތަކުން ލުއި ދިނުމުން އަލުން އިންތިޒާމުވާން ފަށައިފައި ވާކަމަށްވެސް ބުނެފައި ވެއެވެ. ކޮމިޝަނުން ނެރުނު ރިޕޯޓުގައި އަވަށްޓެރި ގައުމުތަކުން ޓެރަރިޒަމަށް ނުސީދާ ގޮތެއްގައި އެހީތެރިކަން ފޯރުކޮށްދޭ ކަމަށް ތުހުމަތުކޮށްފައި ވެއެވެ. ޕާކިސްތާނުންވެސް ތާލިބާނުންނަށް ތުހުމަތު ކުރަނީ ތަހުރީކޭ ތާލިބާނަށް އަފްޣަނިސްތާނުން ރައްކާތެރިކަން ދޭ ކަމަށެވެ.

ގުޅުންހުރި ޚަބަރު