ދިވެހި|English 9 ޖުލައި 2026 · 05:13
Top banner
Advertisement
އިންޑިއާ އިންޑޮނޭޝިއާ މުހިންމު ދައުރެއް ކުޅޭ ދެޤައުމު
ދުނިޔެ

އިންޑިއާ އިންޑޮނޭޝިއާ މުހިންމު ދައުރެއް ކުޅޭ ދެޤައުމު

އއިބްރާހީމްް ސަމީރު27 ޖެނުއަރީ 2025
ބޮޑުވަޒީރު ނަރެންދްރަ މޯދީ ވިދާޅުވަނީ، އިންޑޮނޭޝިއާއަކީ އާސިއާންގައި އަދި އިންޑޯ ޕެސިފިކް ސަރަޙައްދުގައި އިންޑިއާގެ "މުހިންމު ބައިވެރިއެއް" ކަމުގައެވެ. އިންޑިއާއާއި އިންޑޮނޭޝިއާއިން މި ސަރަހައްދުގައި ގާނޫނުގެ ވެރިކަން ދަމަހައްޓަން ބޭނުންވާ ކަމަށްވެސް މޮދީ ވިދާޅުވިއެވެ. އިންޑޮނޭޝިއާގެ ރައީސް ޕްރަބޯވޯ ސުބިއާންތޯއާ އެކު އޮތް ބައްދަލުކުރެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގައި ބޮޑުވަޒީރު މޯދީ ވިދާޅުވީ، އިންޑޮނޭޝިއާއަކީ އާސިއާންގައި އަދި އިންޑޯ-ޕެސިފިކް ސަރަޙައްދުގައި މުހިންމު ބައިވެރިއެއް ކަމަށެވެ. މި ސަރަޙައްދުގައި ސުލްޙައާއި ސަލާމަތްތެރިކަން، އަދި ތަރައްޤީ ގެ މަސައްކަތާއި ޤާނޫނުގެ ބާރު ނެގެހެއްޓުމަށް ދެ ޤައުމުވެސް އަޒުމު ކަނޑައަޅާފައިވާ ކަމަށް ވިދާޅުވިއެވެ. މޮދީ ވިދާޅުވީ، ބައިނަލްއަޤްވާމީ ޤާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަނޑުގެ ދަތުރުފަތުރުގެ މިނިވަންކަން ކަށަވަރުކުރަންޖެހޭނެ ކަން ދެ ޤައުމަށްވެސް އިހުސާސް ކުރެވޭ ކަމަށެވެ. މޮދީ ވިދާޅުވީ އިންޑިއާ އާއި އިންޑޮނޭޝިއާ ޖީ20، އާސިއާން، އިންޑިއަން އޯޝަން ރިމް އެސޯސިއޭޝަން ފަދަ ފޯރަމްތަކުގައި އެކުގައި ގުޅިގެން މަސައްކަތްކުރަމުންދާ ކަމަށެވެ. އަދި އިންޑޮނޭޝިއާ ބްރިކްސްގެ މެންބަރަކަށްވުމުން އުފާ ފާޅުކުރެއްވިއެވެ.

ގުޅުންހުރި ޚަބަރު