ދިވެހި|English 9 ޖުލައި 2026 · 05:12
Top banner
Advertisement
"އެމްކޭ-84" ގެ ބޮން އިސްރާއީލަށް ދޫކުރަން އަމުރުކޮށްފި
ދުނިޔެ

"އެމްކޭ-84" ގެ ބޮން އިސްރާއީލަށް ދޫކުރަން އަމުރުކޮށްފި

އއަހުމަދު މުހައްމަދު27 ޖެނުއަރީ 2025
އެމެރިކާގެ ކުރީގެ ރައީސް ބައިޑަންގެ ވެރިކަމުގައި ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ބޭނުން ކުރުމަށް އިސްރާއީލަށް ދޭން ނިންނުމަށްފަހު، ހިފަހައްޓާފައިވާ "އެމްކޭ-84" ގެ ބޮންތައް އިސްރާއީލަށް ދޫ ކުރުމަށް މިހާރު ވެރިކަމުގައި ހުންނެވި ރޮނަލްޑް ޓްރަމްޕް ޕެންޓަގަންއަށް އަމުރު ކޮށްފިއެވެ. ޓްރަމްޕްގެ އެ ނިންމުމާ ގުޅިގެން މިދިޔަ ހުކުރު ދުވަހު ޕެންޓަގަން އިން އެކަން އިސްރާއީލަށް ވަނީ އަންގާފައެވެ. ބައިޑެންގެ ވެރިކަމުގައި ޣައްޒާގެ ރަފާހަށް އިސްރާއީލުން އަރައިގަތް ދުވަސްވަރު މި ބޮންތަކުގެ ޝިޕްމަންޓް އޮތީ އިސްރައީލަށް ފޮނުވުން މެދުކަނޑާލާފައެވެ. އެއީ އާބާދީ ބޮޑު ސަރަޙައްދުތަކުގައި މިފަދަ ބޮންތައް ބޭނުންކުރުމުން، އާންމުންނަށް ލިބޭ ގެއްލުން ބޮޑުވުމުގެ ނުރައްކާ އޮތުމުން އެކަމާ ދެކޮޅަށް ކުރި މުޒާހަރާތަކުގެ ސަބަބުންނެވެ. ޓްރަމްޕްގެ މި ނިންމުމަކީ އެމެރިކާއިން އިސްރާއީލަށް ތާއީދުކުރާ ސިޔާސަތު ތަކުރާރުކުރާ ނިންމުމެކެވެ. ބައިޑަންގެ ވެރިކަމުގައި އެ ބޮންތައް ހިފެހެއްޓުމުގެ ސަބަބުން އެމެރިކާ އާއި އިސްރާއީލާ ދެމެދު ނުތަނަވަސްކަން އުފެދުނެވެ. އެމްކޭ-84 ބޮންތައް ޑެލިވަރީ ކުރުން ލަސްވުމުން އެމެރިކާގެ ސިޔާސީ ފަރާތްތައް ވަނީ ބައިބައިވެފައެވެ. މި ބޮންތައް ސަސްޕެންޑް ކުރި ނަމަވެސް، ބައިޑެން ވަނީ އިސްރާއީލާއި ޣައްޒާގައި ހިންގާ ނަސްލު ނައްތާލުމަށް ތާއީދުކޮށް، ފަނާކުރަނިވި އެހެން ބާވަތްތަކުގެ ހަތިޔާރު އިސްރާއީލަށް ފޮނުވައިފައެވެ.

ގުޅުންހުރި ޚަބަރު