ދިވެހި|English 9 ޖުލައި 2026 · 04:22
Top banner
Advertisement
އިންޑިއާއާއި ޗައިނާއިން 5 އަހަރު ފަހުން ވައިގެ ދަތުރު ފަށަނީ
ދުނިޔެ

އިންޑިއާއާއި ޗައިނާއިން 5 އަހަރު ފަހުން ވައިގެ ދަތުރު ފަށަނީ

އއިބްރާހީމްް ސަމީރު28 ޖެނުއަރީ 2025
ގާތްގަނޑަކަށް 5 އަހަރުގެ މެދުކެނޑުމަކަށްފަހު، ކޮވިޑް-19 އާއި އޭގެ ފަހުން ދިމާވި ސިޔާސީ ހަމަނުޖެހުންތަކުގެ ސަބަބުން ހުއްޓިފައިވާ އިންޑިއާ އާއި ޗައިނާ އާ ދެމެދުގެ ސީދާ ވައިގެ ދަތުރުތައް އަލުން ފެށުމަށް ދެ ގައުމުން އެއްބަސްވެއްޖެއެވެ. މި އެއްބަސްވުމަށް ވާސިލުވެފައިވަނީ އިންޑިއާގެ ފޮރިން ސެކްރެޓަރީ ވިކްރަމް މިސްރީ ބެއިޖިންގ އަށް ކުރެއްވި ދަތުރުފުޅެއްގައި ބޭއްވުނު މަޝްވަރާތަކަކަށް ފަހުގައެވެ. 2020 ވަނަ އަހަރު ދެ ގައުމުގެ ބޯޑަރުގައި ހިނގި ހަމަނުޖެހުންތަކުގައި އިންޑިއާގެ 20 ސިފައިންނާއި އަދި ޗައިނާގެ 4 ސިފައިން މަރުވި އެވެ. މި ހާދިސާގެ ސަބަބުން އިންޑިއާއިން ވަނީ ޗައިނާގެ އެތައް އެޕްލިކޭޝަނެއް ބޭނުންކުރުން މަނާކޮށް، އިޤްތިޞާދީ ގުޅުންތައްވެސް ހަނިކޮށްފައެވެ. ނަމަވެސް، މިދިޔަ އޮކްޓޯބަރުގައި ދެ ގައުމުގެ އެންމެ އިސްވެރިން ބައްދަލުކުރެއްވުމަށްފަހު، ބޯޑަރުގެ ހަމަނުޖެހުންތައް ހައްލުކުރުމަށް އެއްބަސްވެ ވަޑައިގެންފައި ވެއެވެ. ކޮވިޑް-19 ގެ ކުރިން މަހަކު 500 އަށްވުރެ ގިނަ ސީދާ ވައިގެ ދަތުރުތައް ދެ ގައުމުގެ ދެމެދުގައި ބާއްވަމުން ދިޔަ އެވެ.

ގުޅުންހުރި ޚަބަރު