ދިވެހި|English 9 ޖުލައި 2026 · 05:12
Top banner
Advertisement
ޒަކާތު ފަންޑުން ބޮޑު ޚިޔާނާތެއް ހިންގާފައިވާކަން ހާމަވެއްޖެ
ދުނިޔެ

ޒަކާތު ފަންޑުން ބޮޑު ޚިޔާނާތެއް ހިންގާފައިވާކަން ހާމަވެއްޖެ

އއިބްރާހީމްް ސަމީރު31 ޖެނުއަރީ 2025
ޕާކިސްތާން ޒަކާތު ފަންޑުން އެތައް މިލިއަން ރުޕީސްގެ ޚިޔާނާތްތަކެއް ހިންގާފައިވާކަން ޕާކިސްތާންގެ އިންކުއަރީ ކޮމިޓީއަކުން ވަނީ ފާހަގަކޮށްފައެވެ. އަދި މި ކޮރަޕްޝަންގެ އަމަލުގައި ބައިވެރިވި އޮފިޝަލުންނާމެދު ފިޔަވަޅު އެޅުމަށް ސަރުކާރަށް ވަނީ ލަފާދީފައެވެ. 2024ވަނަ އަހަރުގެ އޮކްޓޯބަރު މަހު އެކުލަވާލި އިންކުއަރީ ކޮމިޓީގެ ހޯދުންތަކުން ދައްކާގޮތުގައި، ޒަކާތު ފަންޑު އޯޑިޓް ކުރަމުން ގޮސްފައެއް ނުވެއެވެ، އަދި ޕާކިސްތާންގެ ޑިސްޓްރިކްޓް އެޑްމިނިސްޓްރޭޝަންގެ ބައެއް އޮފިޝަލުންނާއި ޒަކާތު ކޮމިޓީގެ ލޯކަލް ޗެއާމަން ވަނީ ޒަކާތު ފައިސާއަށް ޚިޔާނާތްތެރިވަމުން ގޮސްފައެވެ. މި މައްސަލައިގައި އިބްތިދާއީ ތަޙްޤީޤެއް ހިންގުމަށްފަހު، އިތުރަށް ތަޙްޤީޤު ކުރުމަށް ވަނީ މައި ތަހުގީގީ އިދާރާއަށް ވަނީ ފޮނުވާފައެވެ. ޕާކިސްތާނު މީޑިއާއިން މަޢުލޫމާތު ހާމަކޮށްފައިވާ ގޮތުގައި، ސަރުކާރުގެ އޮފިޝަލުންނާ ގުޅިގެން ޒަކާތު ފަންޑުގެ މަސްއޫލުވެރިން ވަނީ ނާޖާއިޒު ގޮތުގައި ފަންޑުގެ ފައިސާ އަމިއްލަ ބޭނުމަށް ބޭނުން ކުރަމުން ގޮސްފަ އެވެ. އޭގެ އިތުރުން، ގަވާއިދާ ޚިލާފަށް 185 ލޯކަލް ޒަކާތު ކޮމިޓީ އުފައްދައިގެން ފައިދާ ނަގާފައިވާ ކަމުގެ ރިޕޯޓުތަކެއްވެސް އޮކްޓޯބަރު މަހު ވަނީ ހާމަވެފައެވެ. މި މައްސަލައިގެ ތަޙްޤީޤު ކުރިއަށްދާއިރު، އިންވެސްޓިގޭޓަރުން ވަނީ ކަމުގެ ބޮޑު މިނުން އަމިއްލަ އޮޑިޓް ފާމްތައް މެދުވެރިކޮށް އިތުބާރު ހިފޭ އޮޑިޓެއް ހެދުމަށް ހުށަހަޅާފައެވެ. މި މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އެޅުމަށް ކަމާބެހޭ އިދާރާތަކުން މަސައްކަތް ކުރަމުންދާ ކަމަށް ވެސް ރިޕޯޓުކޮށްފައި ވެއެވެ.

ގުޅުންހުރި ޚަބަރު