ދިވެހި|English 9 ޖުލައި 2026 · 04:24
Top banner
Advertisement
ޕެނަމާ ކެނަލްގައި ޗައިނާ ނުފޫޒު، އެމެރިކާ ފާރަވެރި ވަނީ
ދުނިޔެ

ޕެނަމާ ކެނަލްގައި ޗައިނާ ނުފޫޒު، އެމެރިކާ ފާރަވެރި ވަނީ

އއިބްރާހީމްް ސަމީރު4 ފެބްރުއަރީ 2025
ޕެނަމާ ކެނަލްގެ ހިންގުމުގައި ޗައިނާގެ ދައުރާމެދު ކަންބޮޑުވުން ފާޅުކޮށް ދަތިކުރަން އެމެރިކާގެ ރައީސް ޓްރަމްޕް ނިންމަވައިފިއެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވަނީ، 1997 ވަނަ އަހަރުން ފެށިގެން ޕެނަމާ ކެނަލްގެ ފަސް ބަނދަރުގެ ތެރެއިން ދެ ބަނދަރު ކަމުގައިވާ ބަލްބޯއާ އަދި ކްރިސްޓޯބަލް ބަނދަރުތައް ބަލަހައްޓަމުން އަންނަނީ ޗައިނާއާ ގުޅުންހުރި ބަނދަރު އޮޕަރޭޓަރެއް ކަމަށްވާ ހޮންކޮންގުގެ ސީކޭ ހަޗިސަން ކަމަށެވެ. ޕެނަމާ ކެނަލަކީ ދުނިޔޭގެ ވިޔަފާރިއަށާއި ޚާއްޞަކޮށް އެމެރިކާގެ ވިޔަފާރިއަށް މުހިންމު މަގެއްގެ ގޮތުގައި ބެލެވޭ ތަނެކެވެ. އެމެރިކާގެ ކާގޯ ޝިޕްމަންޓްތަކުގެ 74 އިންސައްތަ އެމެރިކާއަށް ފޯރައި އެމެރިކާއިން ބޭރުވެގެން ދަނީ މި ކެނަލް މެދުވެރިކޮށެވެ. "ޕެނަމާ ކެނަލްގެ ބާރު ދޫކޮށްލުމަކީ ޖިމީ ކާޓަރގެ މޮޔަ އަމަލެއް" ޓްރަމަޕް ވިދާޅުވެއެވެ. ޓްރަމްޕް މި އިޝާރާތްކުރެއްވީ 1977 ވަނަ އަހަރު ކެނަލްގެ ހިންގުން ޕެނަމާއަށް ބަދަލުކުރި ޓޮރިޖޯސް-ކާޓަރގެ މުއާހަދާއަށެވެ. ޗައިނާއިން މި ސަރަހައްދުގައި ހަރަކާތތެރިވެ އެމެރިކާގެ ވިޔަފާރިއަށް އޭގެ ނޭދެވޭ އަސަރުކޮށް، ލެޓިން އެމެރިކާގައި ޗައިނާގެ ނުފޫޒު އިތުރުވަމުންދާތީ ޓްރަމްޕް ވަނީ ފުޅާ ދާއިރާއެއްގައި ކަންބޮޑުވުން ފާޅު ކުރައްވާފައެވެ. ޕެނަމާގެ ރައީސް ހޯސޭ ރައުލް މުލީނޯ ވަނީ ޓްރަމްޕްގެ ބަސްފުޅުތަކަށް ރައްދު ދެއްވާފައެވެ. އޭނާ ވިދާޅުވަނީ އެ ކެނަލް އަދިވެސް އޮތީ ޕެނަމާގެ މިނިވަން ސަރަޙައްދެއްގެ ގޮތުގައި ކަމަށެވެ. ކެނަލްގެ ކޮންމެ އަކަ މީޓަރަކާއި އޭގެ ވަށައިގެންވާ ސަރަޙައްދަކީ ޕެނަމާއަށް ނިސްބަތްވާ ތަނެއް ކަމަށާއި އަދި އެކަން އެގޮތުގައި ދެމެހެއްޓާނެ ކަމަށް މުލީނޯ ވިދާޅުވިއެވެ. އޭނާ ވަނީ ޓޮރިޖޯސް-ކާޓަރ މުއާހަދާތައް ދިފާއު ކުރައްވާފައެވެ. މުލީނޯ ވިދާޅުވީ ހުރިހާ ޤައުމުތަކަށް ހަމަހަމަ ގޮތެއްގައި ކެނަލް ބޭނުންކޮށް ވަދެވޭނެ ގޮތް ޕެނަމާއިން ކަށަވަރުކޮށްދޭ ކަމުގައެވެ.

ގުޅުންހުރި ޚަބަރު