ދިވެހި|English 9 ޖުލައި 2026 · 04:22
Top banner
Advertisement
އިންޑިއާގެ ސްކޫލު ތަރައްގީ ނިސްބަތުން ރަނގަޅު ވެއްޖެ
ދުނިޔެ

އިންޑިއާގެ ސްކޫލު ތަރައްގީ ނިސްބަތުން ރަނގަޅު ވެއްޖެ

އއިބްރާހީމްް ސަމީރު4 ފެބްރުއަރީ 2025
އިންޑިއާގެ ތައުލީމީ ދާއިރާ އަހަރުން އަހަރަށް ކުރިއަރަމުން އަންނަކަން އެ ޤައުމުގެ އިޤްތިޞާދީ ސާވޭއިން ހާމަވެއްޖެއެވެ. އިންޑިއާގެ ފިނޭންސް މިނިސްޓަރު ނިރްމާލާ ސިތަރަމަން ހުށަހެޅުއްވި 2024-25 ގެ އިކޮނޮމިކް ސާވޭގައި ވަނީ ސްކޫލްތަކަށް ވަންނަ ކުދިންގެ އަދަދު އިތުރުވެ، އިންފްރާސްޓްރަކްޗަރ ރަނގަޅުވަމުން އަންނަކަން ފާހަގަކޮށްފައެވެ. މި ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، އިންޑިއާގެ ތަރައްޤީގައި ތައުލީމުގެ ދައުރު ވަނީ 2020 ވަނަ އަހަރު ތަޢާރަފުކުރި ނޭޝަނަލް އެޑިއުކޭޝަން ޕޮލިސީ (އެންއީޕީ) އާ އެއްގޮތަށެވެ. ރިޕޯޓުގައި ހާމަކޮށްފައިވާ ގޮތުގައި، އިންޑިއާގައި މިހާރު ވަނީ 1.47 މިލިއަން ސްކޫލް ޤާއިމުކޮށްފައެވެ. މި ސްކޫލްތަކުގައި ޖުމްލަ 248 މިލިއަން ދަރިވަރުން ކިޔަވަމުންދެއެވެ. އަދި ޕްރައިމަރީ ފެންވަރުގައި 93 އިންސައްތައިގެ ގްރޮސް އެންރޯލްމަންޓް ރޭޝިއޯ (ޖީއީއާރު) އެއް ހާސިލުކޮށްފައިވެއެވެ. ސާނަވީ ފެންވަރުގައި މި ނިސްބަތް 77.4 އިންސައްތައަށް މަތިވެ، މަތީ ސާނަވީ ތައުލީމުގައި 56.2 އިންސައްތައަށް މަތިވެފައިވާކަން ވެސް ފާހަގަކޮށްފައިވެއެވެ. އިންޑިއާގެ ތައުލީމީ އިންފްރާސްޓްރަކްޗަރ ރަނގަޅުކުރުމުގެ ގޮތުން އިންޓަނެޓް ބޭނުންކުރެވޭ ސްކޫލްތަކުގެ އަދަދު އިތުރުވެފައި ވެއެވެ. މިހާރު އިންޓަރނެޓް ލިބޭ ސްކޫލުތައް 53.9 އިންސައްތައަށް އަރާފައިވާކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ. އަދި ކޮމްޕިއުޓަރުގެ ޚިދުމަތް ވެސް ސްކޫލުތަކުގައި ފުޅާވެފައިވާކަމަށް ބުނެފައިވެއެވެ. ނަމަވެސް ޕްރައިމަރީ ސްކޫލް ނިންމާ ނިސްބަތް ވަނީ 1.9 އިންސައްތައަށް ދަށްވެފައެވެ. ސަރުކާރުގެ އިސްނެގުމުގެ ދަށުން ފައުންޑޭޝަނަލް ލިޓްރޭސީ އާއި އިންކްލޫސިވް އެޑިއުކޭޝަން ކުރިއަށް ގެންދާކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ. މީގެ އިތުރުން މަތީ ތައުލީމު ހާސިލުކުރުމަށް ވަންނަ މީހުންގެ އަދަދު އިތުރުވެ، 2021-22 ވަނަ އަހަރު 43.3 މިލިއަން ދަރިވަރުން މަތީ ތައުލީމަށް ވަދެފައިވާކަމަށް ބުނެފައިވެއެވެ. މިއީ 2014 ވަނަ އަހަރާ އަޅާބަލާއިރު 27 އިންސައްތައިގެ އިތުރުވުމެކެވެ. އިންޑިއާގެ ތައުލީމީ ދާއިރާއަށް އަންނަމުންދާ މި ކުރިއެރުންތަކަކީ އެ ޤައުމުގެ އިޤްތިޞާދީ ތަރައްޤީއަށް މުހިންމުޤީއަށް މުހިންމު ދައުރެއް އަދާކުރާނެ ކަމެއްކަމަށް ސަރުކާރުން ބުނެފައި ވެއެވެ.

ގުޅުންހުރި ޚަބަރު