ދިވެހި|English 9 ޖުލައި 2026 · 05:14
Top banner
Advertisement
ތާލިބާނުންގެ އެތެރޭގައި ބައިބައި ވުމެއް އެބައުޅޭ
ދުނިޔެ

ތާލިބާނުންގެ އެތެރޭގައި ބައިބައި ވުމެއް އެބައުޅޭ

އއިބްރާހީމްް ސަމީރު4 ފެބްރުއަރީ 2025
ތާލިބާނުންގެ ލީޑަޝިޕްގެ ތެރޭގައި މަދުން ނޫނީ ނުފެންނަ ޚިޔާލުތަފާތުވުމެއްގައި، އެ ޖަމާއަތުގެ ޑެޕިއުޓީ ފޮރިން މިނިސްޓަރު ޝޭރު މުހައްމަދު އައްބާސް ސްޓާނިކްޒާއީ އަފްޣާނިސްތާނުން ފިއްލަވައި ވަޑައިގެންފިއެވެ. ރިޕޯޓްތައް ބުނާ ގޮތުގައި ސްޓާނިކްޒާއީ ފިއްލަވައިގެން ވަޑައިގަތީ ތާލިބާނުންގެ ސުޕްރީމް ލީޑަރު ހިބަތުالله އަޚުންދުޒާދާގެ އަމުރަށް އޭނާ ހައްޔަރުކޮށް ދަތުރުކުރުން މަނާކުރަން އުޅުމުންނެވެ. އޭނާ ވަނީ ތާލިބާނުންގެ ސިޔާސަތުތަކަށް ޚާއްސަކޮށް އަންހެން ކުދިންގެ ތައުލީމު މަނާކުރުމުގެ ސިޔާސަތުތަކަށް ފާޑުވިދާޅުވެ ފާޅުކަން ބޮޑު ގޮތެއްގައި ވާހަކަ ދައްކަވާފައެވެ. ހޯމަ ދުވަހު ނެރުނު ބަޔާނެއްގައި އޭނާ ވަނީ ގައުމުން ބޭރަށް ވަޑައިގަތީ ސިއްޙީ ފަރުވާއަށް ކަމަށް ވިދާޅުވެފައެވެ. ނަމަވެސް އޭނާއަށް ގައުމުން ބޭރަށް ވަޑައިގަތުމަށް އެހީތެރިވީ ޑިފެންސް މިނިސްޓަރު މުއްލާ ޔަޤޫބު މުޖާހިދުގެ އެހީތެރިކަމާއެކު ކަމަށް ބުނާ ރިޕޯޓްތައް ބުނެއެވެ. ސްޓާނިކްޒައީ ވަނީ ޖެނުއަރީ 20 ވަނަ ދުވަހު އަފްޣާނިސްތާނާއި ޕާކިސްތާނުގެ ބޯޑަރު ކައިރީގައި އޮންނަ ޚޯސްޓް ޕްރޮވިންސްގައި ބޭއްވި ގްރެޖުއޭޝަން ހަފްލާއެއްގައި އަންހެނުންގެ ތައުލީމަށް ތާލިބާނުން އަޅާފައިވާ ހުރަސްތައް ކުށްވެރި ކުރައްވައި އެއީ 'ޣައިރު އިސްލާމީ' ކަންތައްތަކެއް ކަމަށް ވިދާޅުވެފަ އެވެ .  

ގުޅުންހުރި ޚަބަރު