ދިވެހި|English 9 ޖުލައި 2026 · 05:13
Top banner
Advertisement
ޗައިނާއާ ހެދި ޕާކިސްތާން ރައްޔިތުން ކަރަންޓުގައި ޖެހިފައި
ދުނިޔެ

ޗައިނާއާ ހެދި ޕާކިސްތާން ރައްޔިތުން ކަރަންޓުގައި ޖެހިފައި

އއިބްރާހީމްް ސަމީރު4 ފެބްރުއަރީ 2025
ޗައިނާގެ ދަރަނީގެ އިންވެސްޓްމަންޓް ސްޓްރެޓެޖީ ފެންނަނީ ޕާކިސްތާނުގެ ހާލަތުންނެވެ. ޕާކިސްތާނަށް ދިގުދެމިގެންދާ ހަކަތައިގެ ދަތިކަމާއި އިގްތިސާދީ ގޮތުން ނުރައްކާތެރި ހާލަތެއް ވަނީ ކުރިމަތިވެފައއވެ. ޗައިނާ-ޕާކިސްތާން އިކޮނޮމިކް ކޯރިޑޯ (ސީޕީއީސީ) ގެ ދަށުން ހިންގާ ބޮޑު އަގުހުރި އިންފްރާސްޓްރަކްޗާ މަޝްރޫއުތަކުގެ ވިއުގައެއް ޕާކިސްތާންގައި ގާއިމްކޮށްގައި ވެއެވެ. އޭގެ ސަބަބުން ދެމެހެއްޓެނިވި ދަރަނިތަކެއް ގައި ޖެހި، ޕާކިސްތާނުގެ ހަކަތައިގެ ދާއިރާއަށް އޭގެ އަސަރުތައް ކުރިމަތި ވެފައޮ ވެއެވެ. ޕާކިސްތާންގައި 42،131 މެގަވޮޓްގެ އިންސްޓޯލްޑް ޕަވަރ ޖެނެރޭޝަން ކެޕޭސިޓީއެއް ގާއިމް ވެފައި ވެއެވެ. އެއީ ޕީކް ޑިމާންޑްގެ ދެގުނައާ ގާތްކުރާ އަދަދެކެވެ. ޕާކިސްތާންގައި ކަރަންޓު ކެޕޭސިޓީ އަރަނިވެފައިވި ނަމަވެސް، އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) ގެ ބެއިލްއައުޓެއް ހޯދުމަށް ޕާކިސްތާނަށް މަޖުބޫރު ވެފައިވެއެވެ. 2024 ވަނަ އަހަރުގެ މެއި މަހު ކަރަންޓުގެ އަގުތައް ޕާކިސްތާންގައި ބޮޑުވެފައި ވެއެވެ. އެހެން މެދުވެރިވީ ޗައިނާގެ ސީޕެކްގެ ހިއްސާ އޮންނަ އަމިއްލަ ކަރަންޓު އުފައްދާ ޗައިނާ ކުންފުނިތަކުގެ މާލީ ޝަރުތުތައް މާބޮޑަށް ބޮޑުވަމުންނެވެ. ޗައިނާގެ ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވް (ބީއާރުއައި) ގެ ފްލެގްޝިޕް އެއް ކަމަށްވާ ސީޕެކްގެ އަގު 2014 ވަނަ އަހަރު ފުރަތަމަ 48 ބިލިއަން ޑޮލަރަށް އަރާފައިވާއިރު، ފަހުން ވަނީ 62 ބިލިއަން ޑޮލަރަށް އިތުރު ވެފައެވެ. މި އިންވެސްޓްމަންޓްތައް ކޮށްފައިވި ނަމަވެސް ޕާކިސްތާނުގެ ކަރަންޓުގެ ދަތިކަން ދެމި އޮވެއެވެ. ޗައިނާއިން ފައިނޭންސް ކުރާ ޕްލާންޓްތަކުން އިސްލާމްއާބާދު ދިގު މުއްދަތަކަށް ފައިސާ ދައްކަން ޖެހި ދަރަނީގައި ތަޅުއެޅުވިފައި ވާއިރު ކަރަންޓަށް ބިލިއަން ޑޮލަރު ދައްކަން ޕާކިސްތާނަށް މަޖުބޫރުވެފައި ވެއެވެ.

ގުޅުންހުރި ޚަބަރު