ދިވެހި|English 9 ޖުލައި 2026 · 05:13
Top banner
Advertisement
މިޔަންމާރުގެ ސަރުކާރު ރަވީޝަންކަރުގެ ސެޝަނެއްގައު
ދުނިޔެ

މިޔަންމާރުގެ ސަރުކާރު ރަވީޝަންކަރުގެ ސެޝަނެއްގައު

އއިބްރާހީމްް ސަމީރު12 ފެބްރުއަރީ 2025
އިންޑިއާގެ ޔޯގާއާއި ރޫހާނީ އިރުޝާދު ދިނުމުގެ މަސައްކަތުގައި އުޅުއްވާ ސްރީ ސްރީ ރަވީ ޝަންކަރުގެ މެޑިޓޭޝަން ސެޝަނަށް ބޮޑު ތަރުހީބެއް މިޔަންމާރުގެ ވެރިރަށުގައި ލިބިއްޖެއެވެ. ޔަންގޯންގައި ބާއްވާފައިވާ މި ސެޝަނަށް، މިޔަންމާގެ ކެބިނެޓް މެމްބަރުން ވެސް ވަޑައިގަތެވެ. އަދި އާންމުންނާއި ޚާއްސުންގެ 1،500 އަށް ވުރެ ގިނަ މީހުން މި ސެޝަން ބާއްވާފައި އޮތް ނޭޝަނަލް ތިއޭޓަރަށް އެއްވިއެވެ. މިޔަންމާ ސަރުކާރުން ރަވީޝަންކަރަށް ދައުވަތު ދީފައި ވަނީ ގައުމުގެ އެތެރޭގައި  ހަމަނުޖެހުން އުފެދި ސިފައިންގެ ސަރުކާރުގެ އަގު ވެއްޓި އެތައް ދިމާއަކުން ބަލިވުމަކާ ކުރިމަތިލާން ޖެހިގެންނެވެ. ރަވީޝަންކަރަކީ، ބެންގަލޫރުގައި އާޓް އޮފް ލިވިން ސެންޓަރގެ ނަމުން މީޑިއޭޝަން މަރުކަޒެއް ހިންގާ މީހެކެވެ. ރަވީޝަންކަރު ޔަންގޯންއަށް ދިޔައީ، މިޔަންމާގައި ހުންނަ އިންޑިއާ އެމްބަސީން ކްލިއަރެންސް ހޯދުމަށް ފަހުއެވެ.

ގުޅުންހުރި ޚަބަރު