ދިވެހި|English 9 ޖުލައި 2026 · 04:24
Top banner
Advertisement
ފްރާންސާއި އިންޑިއާގެ ވިޔަފާރި 20 ބިލިއަން ޑޮލަރަށް
ދުނިޔެ

ފްރާންސާއި އިންޑިއާގެ ވިޔަފާރި 20 ބިލިއަން ޑޮލަރަށް

އއިބްރާހީމްް ސަމީރު12 ފެބްރުއަރީ 2025
ފްރާންސާއި އިންޑިއާއާ ދެމުދގެ ވިޔަފާރި މިހާރު 20 ބިލިއަން  ޑޮލަރަށް އަރައިފިއެވެ. މޮދީ ފްރާންސަށް ކުރައްވާ ދަތުރުފުޅާ ދިމާކޮށް، ފްރާންސް-އިންޑިއާގެ ވިޔަފާރިއާއި ސިނާއަތުގެ ރައީސް ކުމާރު އަނަންދާ ވިދާޅުވީ ދެގައުމުގެ ވިޔަފާރި ތަރައްގީ ވަމުންދާއިރު، މައިގަނޑު ގޮތެއްގައި މުއާމަލާތު ކުރެވެނީ ހަތުޔާރާއި ވައިގެ ދަތުރުފަތުރުގެ އުޅަނދުގެ ދާއިރާގައެވެ. އަނަންދާ ވިދާޅުވީ އިންޑިއާއާއި ފްރާންސްގެ ވިޔަފާރި މީގެ ކުރިން އޮތީ 15އާއި 18 ބިލިއަން ޑޮލަރާ ދެމެދުގައި ކަމަށެވެ. އިންޑިއާއާއި ފްރާންސާ ދެމެދު މަތީފެންވަރުގެ ދަތުރުތައް ބަދަލު ކރުމަށްފަހު، ދެ ގައުމުން ވަނީ، ޑިފެންސް، މަތިންދާބޯޓު، ވައިގެ ސިފައިންގެ ދާއިރާގެ ވިޔަފާރިތަކުގައި އިންވެސްޓް ކޮށްފައެވެ. އަދި މިހާރު މިދާގޮތަށް ބަދަހިކޮށް ގުޅުން ކުރިއަށް ދަނީނަމަ، މިއަށް ވުރެންވެސް ބޮޑަށް ވިޔަފާރި ފަހިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ފްރާންސްގައި 100 އަށް ވުރެ މަދު އިންޑިއާ ކުންފުނިތަކުން މިހާރު ވިޔަފާރި ކުރަމުން ދެއެވެ. އަދި ފްރާންސުން ނިންމާފައި ވަނީ އިންޑިއާ މީހުންނަށް ފްރާންސް ބަސް ކިޔަވައިދީ، ފްރާންސުން އިންޑިއާއަށްދޭ ސްކޯލާޝިޕްތައް އިތުރު ކުރާށެވެ.

ގުޅުންހުރި ޚަބަރު