ދިވެހި|English 9 ޖުލައި 2026 · 04:24
Top banner
Advertisement
ދެކުނު ޗައިނާ ކަނޑުގައި މައްސަލަތައް ހިމޭން ވުމެއް ނެތް
ދުނިޔެ

ދެކުނު ޗައިނާ ކަނޑުގައި މައްސަލަތައް ހިމޭން ވުމެއް ނެތް

އއިބްރާހީމްް ސަމީރު12 ފެބްރުއަރީ 2025
ދެކުނު ޗައިނާ ކަނޑުގައި ބޮޑުވަމުން އަންނަ ހަމަނުޖެހުންތައް ކުރިއަށްދަނީ ޗައިނާއިން ކަނޑުގެ ސަރަހައްދުތަކާ ގުޅޭ ގޮތުން ވާދަވެރި ދައުވާތައް އުފައްދައި ހަރުކަށިކަން ސާބިތު ކޮށްދެމުން ދިއުމުންނެވެ. އަވަށްޓެރިން ކަމަށްވާ، ފިލިޕީންސް، ޖަޕާން އަދި ޓައިވާނާ ޗައިނާއިން ދަނީ ކޮންމެ ދުވަހަކުހެން ކޮންމެ ވެސް ސިފައެއްގައި ކަނޑުގެ ސަރަހައްދުގައި ކުރިމަތި ލަމުންނެވެ. ދުނިޔޭގެ ވިޔަފާރިއަށް މުހިންމު މި ސަރަހައްދުގައި ތަކުރާރުކޮށް ކުރިމަތިލުންތައް ހިނގަމުންދާއިރު، ޗައިނާގެ އުޅަނދުތަކުން އެހެން ގައުމުތަކުގެ ބޯޓުތަކަށް އުނދަގޫކޮށް، އެގައުމުތަކުގެ ސަޕްލައި މިޝަންތަކަށް ހަމަލާދެމުން ދިއުމުން މަސްރަހު އިތުރަށް ހޫނުވެއެވެ. އެންމެ ފަހުން ހިނގާފައިވާ ހާދިސާތަކުގެ ތެރޭގައި ޗައިނާއިން ފިލިޕީންސްގެ އުޅަނދުތަކާ ދެކޮޅަށް ލޭޒަރ ބޭނުން ކުރުމާއި ފެން ބަޑި ޖެހުމާއި އަދި ފެން ބޮން ގޮއްވުމާއި އޭގެ އިތުރުން ޓައިވާން ކައިރީގައި އަސްކަރީ ތަމްރީނުތައް އިތުރުކުރުން ހިމެނެއެވެ. މިއީ 2024 ވަނަ އަހަރުގެ ޖޫން މަހު ޗައިނާގެ ކޯސްޓްގާޑްގެ އުޅަނދެއް ފިލިޕީންސްގެ ސަޕްލައި އުޅަނދަކާއި މުޑިއަރައި، ދެފަރާތުން ބަހުގެ ހަނގުރާމައެއް ކުރި ފަހުން އިތުރުވާން ފަށާފައިވާ ހަމަނުޖެހުމެކެވެ. މީގެ އިތުރުން ބެއިޖިންގއިން ކަނޑައަޅާފައިވާ އާ "ޓެން ޑޭޝް ލައިން" މެޕަށް ޗައިނާގެ އަވަށްޓެރި ގައުމުތަކުން ވަނީ ފާޑުކިޔާފައެވެ. އެމެރިކާ އިން ފިލިޕީންސްއާއެކު ދިފާއީ މުއާހަދާއެއްގެ ދަށުން ބަނދެވިފައިވާތީ، ރައީސް ޓްރަމްޕްގެ ވެރިކަމުގައި ޗައިނާއާ ދެކޮޅަށް އިތުރަށް ކަންކަން ހޫނުވުމަކީވެސް އެކަށީގެންވާ ކަމެކެވެ. އިންޑޯ ޕެސިފިކް ސަރަހައްދުގެ ގައުމުތަކުން ސަލާމަތީ ގުޅުންތައް ބަދަހި ކުރަމުން ދާއިރު، އިންޑޯ ޕެސިފިކްގައި ކުރިމަތިވެދާނެ އަސްކަރީ ހަމަނުޖެހުންތަކާ މެދު ކަންބޮޑުވުންތައް އުފެދިފައި ވެއެވެ.

ގުޅުންހުރި ޚަބަރު