ދިވެހި|English 9 ޖުލައި 2026 · 05:12
Top banner
Advertisement
ޖައްވީ ޓެކްނޮލޮޖީއަށް އަމިއްލަ ޗިޕެއް އުފައްދައިފި
ދުނިޔެ

ޖައްވީ ޓެކްނޮލޮޖީއަށް އަމިއްލަ ޗިޕެއް އުފައްދައިފި

އއިބްރާހީމްް ސަމީރު13 ފެބްރުއަރީ 2025
ޖައްވީ ޓެކްނޮލޮޖީގައި އަމިއްލައަށް ބަރޯސާވުމަށް އިންޑިއާއިން ކުރާ މަސައްކަތުގައި އިންޑިއަން ސްޕޭސް ރިސާޗް އޮގަނައިޒޭޝަން (އިސްރޯ) އާއި އިންޑިއަން އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ މަދްރަސާ (އައިއައިޓީ މަދްރަސާ) އިން ވަނީ ޖައްވީ މުހިންމު އެޕްލިކޭޝަންތަކަށް ފަރުމާކޮށްފައިވާ އަމިއްލަ މައިކްރޯޕްރޮސެސަރެއް އުފައްދާފަ އެވެ. މި ޕްރޮސެސަރަށް ނަން ދީފައި ވަނީ ޝަކްތީގެ ނަމުންނެވެ. "އޯޕަން ސޯސް ރިސްކް-ވީ އާކިޓެކްޗާ"ގެ މައްޗަށް ބިނާކޮށްފައިވާ މި ޗިޕަކީ އިންޑިއާގެ ޖައްވީ މިޝަންތަކުގައި ބޭނުން ކުރުމަށް ބޭރުން ގެންނަ ޗިޕްތަކުގެ ބަދަލުގައި އިންޑިއާއިން އަމިއްލައަށް އުފައްދާ ޗިޕެކެވެ. މި މަސައްކަތަކީ އިންޑިއާގެ ސެމީކޮންޑަކްޓަރ އިކޯސިސްޓަމް ހަރުދަނާ ކުރުމަށް މަސައްކަތްކުރާ ޑިޖިޓަލް އިންޑިއާ ރިސްކް-ވީ އިނިޝިއޭޓިވްގެ ދަށުން މިނިސްޓްރީ އޮފް އިލެކްޓްރޯނިކްސް އެންޑް އިންފޮމޭޝަން ޓެކްނޮލޮޖީ (މެއިޓްވައި) އިން މާލީ އެހީތެރިކަން ދީފައިވާ މަސައްކަތެކެވެ. ޝަކްޓީ ތަރައްގީ ކުރަމުންދަނީ އައިއައިޓީގެ މަދްރަސާގައި އިންޑިއާގެ ޖައްވީ އިދާރާ އިސްރޯގެ ބެލުމުގެ ދަށުންނެވެ. މި ޗިޕްގެ އުފެއްދުމާއި ޓެސްޓު ކުރުންވެސް ކުރިއަށް ގެންގޮސްފައި ވަނީ އިންޑިއާގައެވެ. އިންޑިއާއިން މިކަމަށ މަރުޙަބާ ކިޔައި ބުނެފައި ވަނީ މިއީ އެގައުމުގެ ސެމީކޮންޑަކްޓަރުގެ ސިނާއަތުގެ އުންމީދުތަކަށް ލިބުނު ބޮޑު ކުރިއެރުމެކެވެ. މި ޗިޕްގެ ފެންވަރު ބެލުމަށް ފްލައިޓް ޓެސްޓެއް ހެދުމަށް ރާވާފައިވެއެވެ. މިއީ ކުރިއަށް އޮތް އިސްރޯގެ ޖައްވީ މިޝަންތަކުގައި ބޭނުން ކުރާނެ މުހިންމު ވަސީލަތެކެވެ.

ގުޅުންހުރި ޚަބަރު