ދިވެހި|English 9 ޖުލައި 2026 · 05:12
Top banner
Advertisement
ކެނެޑާގައި ފެންޓަނީލްގެ ވިޔަފާރީގައި ޚާލިސްތާން މީހުން
ދުނިޔެ

ކެނެޑާގައި ފެންޓަނީލްގެ ވިޔަފާރީގައި ޚާލިސްތާން މީހުން

އއިބްރާހީމްް ސަމީރު13 ފެބްރުއަރީ 2025
އަށް ކިލޯގެ ފެންޓަނައިލް އާއި އެކު ދާދި ފަހުން ކެނެޑާގައި އިންޑިއާގެ ނަސްލުގެ ދެ މީހަކު ހައްޔަރު ކުރުމުން ޚާލިސްތާނަށް ތާއީދުކުރާ ޓެރަރިސްޓް ޖަމާއަތްތަކާއި ޓްރާންސްނޭޝަނަލް ޑްރަގް ކާޓޭލްތަކުގެ މެދުގައި އޮތް ބަދަހި ގުޅުން އަނެއްކާވެސް ހާމަވެއްޖެ އެވެ. ނަމަވެސް ސިޔާސީ މަންފާއަށް ކެނެޑާގެ ގާނޫނު ތަންފީޒުކުރާ ފަރާތްތަކުން ޝައްކު ކުރެވޭ މީހުންގެ ގުޅުންތަކާ މެދު މައުލޫމާތު ހާމަކުރާކަށް ބޭނުމެއް ނުވެއެވެ. އެހެންނަމަވެސް އެންމެން ދަންނަ ކަމަކީ، މަސްތުވާތަކެތިން ލިބޭ ފައިސާއިން ޚާލިސްތާނީ ޖަމާއަތުގެ މީހުން ހަރުކަށި ފިކުރުތަކަށް ފައިނޭންސް ކުރާކަމެވެ. ކެނެޑާ އާއި އެމެރިކާގައި ހަރަކާތްތެރިވާ ޚާލިސްތާނީ ޖަމާއަތްތަކުގެ އިންޑިއާއިން ވަކިވެގަތުމުގެ އެޖެންޑާ ދެމެހެއްޓުމަށް އަހަރުތަކެއް ވަންދެން އެގައުމުތަކުގެ ސިޔާސީ ފަންތިއަށް ބަރޯސާވެފައި ވާއިރު އެމީހުން ވަނީ މަސްތުވާތަކެތި އެތެރެކުރުމަށް މަސައްކަތް ކުރަމުން ކަމަށް ސަލާމަތީ މުހައްލިލުން ބުނެ އެވެ. ކެނެޑާ ވެފައި ވަނީ ޚާލިސްތާނީ މަސްތުވާތަކެތީގެ ވިޔަފާރީގެ މުހިންމު މަރުކަޒެއްގެ ގޮތުގައެވެ.  2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ކެނެޑާގެ ރޯޔަލް ކެނޭޑީއަން މައުންޓެޑް ޕޮލިސް އިން ވަނީ އެގައުމުގެ އެންމެ ބޮޑު އަދި އެންމެ ތަޖުރިބާކާރު މަސްތުވާތަކެތީގެ ސުޕަލެބް ކަމަށް ބުނި 95 މިލިއަން ޑޯޒްގެ މަސްތުވާތަކެތި އުފައްދާފައިވާ ފެންޓަނައިލް ލެބްގައި މަސްތުވާތަކެތި އަތުލައިގެންފަ އެވެ. އަދި އެ އޮޕަރޭޝަންގައި ހައްޔަރުކުރި ގަގަންޕްރީތު ރަންދަވާ އަކީ އިންޑިއާގެ ނަސްލުގެ މީހެއް ކަމުގައިވި ނަމަވެސް ކެނެޑާ ފުލުހުން އޭނާއަކީ، ޚާލިސްތާނަށް ތާއީދުކުރާ ޖަމާއަތްތަކާ ގުޅުން ހުރި މީހެއް ކަމެއް ހާމަކުރަން ބޭނުމެއް ނުވިއެވެ. ނަމަވެސް ސެކިއުރިޓީ އެނަލިސްޓުން ބުނާ ގޮތުގައި މި އޮޕަރޭޝަންގެ ބޮޑުކަމުން ދޭހަވަނީ ރަނގަޅަށް ގާއިމްވެފައިވާ، ޓްރާންސްނޭޝަނަލް ނެޓްވޯކްތައް މިކަމުގައި ބައިވެރިވެފައިވާ ކަމަށެވެ. އުތުރު އެމެރިކާގެ ސިކުންގެ ލޮރި ދުއްވާ މީހުންވެސް ވަނީ މިކަމުގައި ފާހަގަ ވެފައެވެ. ކުވާންޓްލެން ޕޮލިޓެކްނިކް ޔުނިވާސިޓީގެ ކެނެޑާގެ ޕްރޮފެސަރެއް ކަމަށްވާ ޝިންޑަރ ޕުރެވާލް ވަނީ ބޯޑަރު ހުރަސްކޮށް މަސްތުވާތަކެތި ގެންދިއުމަށް ސިކުންގެ ނަސްލުގެ މީހުން ނިޒާމީ ގޮތެއްގައި ސިކުންގެ ދަރިކޮޅުގެ ލޮރީ ދުއްވާ މީހުން ހޯދާކަން ސާބިތުކޮށްދީފައެވެ.

ގުޅުންހުރި ޚަބަރު