ދިވެހި|English 9 ޖުލައި 2026 · 04:24
Top banner
Advertisement
ޗައިނާ ސިފައިންގެ ފުޅާ ތަމްރީނެއް ބާއްވައިފި
ދުނިޔެ

ޗައިނާ ސިފައިންގެ ފުޅާ ތަމްރީނެއް ބާއްވައިފި

އއިބްރާހީމްް ސަމީރު13 ފެބްރުއަރީ 2025
ޓައިވާނާއި އިރުމަތީ ޗައިނާ ކަނޑުގެ ވަށައިގެން ހިންގާ އޮޕަރޭޝަންތަކުގައި އިސްވެ އުޅޭ ޗައިނާގެ ސިފައިންގެ އިރުމަތީ ސަރަހައްދުގެ ކޮމާންޑުން ވަނީ ސިފައިންގެ ހުރިހައި ޚިދުމަތެއްގެ ގުޅިފައވާ ވައިގެ ސިފައިންގެ ބޮޑު ތަމްރީނުތަކެއް ބާއްވާފައެވެ. ޗައިނާ ސިފައިންގެ ދުވަހު ނޫހުން ދާދި ފަހުން ނެރުނު ރިޕޯޓެއްގައި ބުނެފައި ވަނީ މި ތަމްރީނުތަކުގައި ދިހަވަރަކަށް އެއާޕޯޓާއި އެތައް ސަތޭކަ ތަމްރީނު ސައިޓްތަކެއްގައި ހަނގުރާމައިގެ ވަސީލަތްތައް އިންޓަގްރޭޓްކޮށް، ސިފައިންނާއި ކަނޑުގެ ސިފައިންނާއި ވައިގެ ސިފައިންނަށް ކޯޑިނޭޓްކޮށް އޮޕަރޭޝަންތައް ހިންގަމުން މުހިންމު މައުލޫމާތުތައް ހިއްސާކޮށްފައިވާ ކަމަށެވެ. ޗައިނާ ސިފައިންގެ މި އިސްނެގުމުގެ މަޤްޞަދަކީ މި ސަރަޙައްދުގައި ކުރިމަތިވެދާނެ ކޯޅުންތަކަށް ކޮންމެހެން ވާންޖެހޭ ތައްޔާރީތަކެއްގެ ގޮތުގައި ދެކޭ ކަމަށާއި އަދި މިއީ ޗައިނާ ސިފައިންގެ ގުޅިފައިވާ އޮޕަރޭޝަންގެ ކެޕޭސިޓީ ހަރުދަނާކުރުމުގެ ބައެއް ކަމަށެވެ. މިހާރު މި ތަމްރީނުތަކުގައި އެކި އަސްކަރީ ގޮފިތަކުން އެތައް ވައްތަރެއްގެ މަތިންދާބޯޓުތައް އެއްކޮށް އުދުހި، އެއާޕޯޓުތަކަށް ޖެއްސުމާއި، ތަމްރީނު ކުރުމާއި އެއްބަޔަކު އަނެއްބަޔަކަށް އެއްބާރުލުން ދިނުމާއި އިންޓަގްރޭޓެޑް އޮޕަރޭޝަންތަކަށް ބާރު އަޅާފައިވާ ކަމަށް ބުނެފައި ވެއެވެ. މި ތަމްރީނުގައި ފާހަގަކޮށްލެވޭ ކަމަކީ އެއް އެއާބޭސްއެއްގެ %70 އާ ގާތްކުރާ އަދަދަކަށް މަލްޓި އެއާކްރާފްޓް ސަޕޯޓް ކެޕޭސިޓީގެ ތަމްރީނު ،ލިބިގެން ދިއުމެވެ. އަދި އެކި ބްރާންޗްތަކުގައި ތަފާތު 16 ވައްތަރެއްގެ މަތިންދާބޯޓު ބެލެހެއްޓުމުގެ ހުނަރުވެރި ޓެކްނީޝަނުން ގާބިލު ކުރެވުމެވެ. ޗައިނާ ސިފައިންގެ މި ފިޔަވަޅަކީ ޗައިނާގެ ހަނގުރާމަ މަތީ މައިދާނުގެ ފަސް ތިއޭޓަރު ކޮމާންޑުގައި ހިމެނޭ، ޖޮއިންޓް ކޮމާންޑާއި، ކޮމްބަޓް ސަޕޯޓާއި ރިސޯސް ޝެއަރިން ރަނގަޅު ކުރުމަށް ކުރިއަށް ގެންދާ ފުޅާ އަސްކަރީ ރީސްޓްރަކްޗާ މަސައްކަތާ ގުޅޭ ފިޔަވަޅެއް ކަމަށްވެސް ބުނެފައި ވެއެވެ. އިރުމަތީ ތިއޭޓަރ ކޮމާންޑާއެކު އުތުރު، ދެކުނު، ހުޅަނގު، އަދި މެދުތެރޭގެ ކޮމާންޑްތަކަކީ ހަނގުރާމައިގެ ދުވަސްވަރުގައި ސަރަހައްދީ ދިފާޢީ ދާއިރާއާއި ކޯޑިނޭޝަންގައި މުހިންމު ދައުރެއް އަދާކުރާނެ ކޮމާންޑެކެވެ. މި ތަމްރީނުތަކުން ޗައިނާގެ ސިފައިންގެ ބާރުގަދަ ކޮށް، ޓައިވާން ކަނޑު އޮޅީގައި އަދި އެއަށްވުރެ ދުރުގައި ވިޔަސް ޗައިނާއަށް ދިމާވެދާނެ ނުރައްކަލަކަށް ތައްޔާރު ވުމަށް ކުރާ މަސައްކަތެއް ކަމަށް ޗައިނާ ސިފައިންގެ ދުވަހު ނޫހުގައި ބުނެފައި ވެއެވެ.

ގުޅުންހުރި ޚަބަރު