ދިވެހި|English 9 ޖުލައި 2026 · 05:14
Top banner
Advertisement
މޮދީއާއި ޓްރަމްޕްގެ ބައްދަލުވުމުން ދިޔައީ ރަނގަޅަށް!
ދުނިޔެ

މޮދީއާއި ޓްރަމްޕްގެ ބައްދަލުވުމުން ދިޔައީ ރަނގަޅަށް!

އއިބްރާހީމްް ސަމީރު15 ފެބްރުއަރީ 2025
ވައިޓް ހައުސްގައި އޮތް ބައްދަލުވުމުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާ ސަލާމް ކުރައްވައި "އަޅުގަނޑުގެ ބޮޑު ރަހުމަތްތެރިއެއް" ކަމަށް ވިދާޅުވަމުން ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ބުރާސްފަތި ދުވަހު މޮދީއަށް ތައުރީފު ކުރައްވާފަ އެވެ. "އިންޑިޔާއިން އެމެރިކާ މުދަލަށް ނަގާ ކޮންމެ ޑިއުޓިއަކަށް ޑިއުޓީއެއް ނަގާނަން" މޯދީއާ އެކު ބޭއްވި ނޫސް ކޮނޮންފަރެންސްގައި ޓްރަމްޕް ވިދާޅުވި އެވެ. "އެހެންވީމަ، ތެދުތެދަށް ދަންނަވަންޏާ އިންޑިއާއިން ޗާޖުކުރާ ޑިއުޓީއަކުން އަޅުގަނޑުމެންނަށް މިހާރު އަސަރެއް ނުކުރާނެ. އެހާ މުހިންމެއް ނޫން" ޓްރަމްޕް ވިދާޅުވިއެވެ. މިފަހުން ބޭރުގެ އެހެން ލީޑަރުންވެސް ހޯސްޓް ކުރައްވަމުން މަޝްވަރާތައް ގެންދެވި ފަދައިން، ޓްރަމްޕް ވަނީ އެމެރިކާއާ އިންޑިއާއާ އެކު އޮތް ވިޔަފާރީގެ ދަރަނި ކުޑަކުރެވޭނެ ގޮތްތައް ކަށަވަރު ކުރުމުގެ ވާހަކަ ދައްކަވާފަ އެވެ. އެކަން ކުރެވޭނީ އެމެރިކާއިން އިންޑިއާއަށް އެކްސްޕޯޓްކުރާ މިންވަރު އިތުރުކޮށްގެން ކަމަށް ވިދާޅުވެ މިއަހަރުގެ ފަހުކޮޅު މުހިންމު ބޮޑު އެއްބަސްވުމެއް ނިންމާލެވޭނެ ކަމަށް ވިދާޅުވެއެވެ. އެމެރިކާއާއި އިންޑިއާގެ ވިޔަފާރީގެ ޑެފިސިޓް 50 ބިލިއަން ޑޮލަރަށް އަރައި އިންޑިއާއަށް ފައިދާ ވެއެވެ. އިންޑިއާ-އެމެރިކާގެ މުދަލާއި ހިދުމަތުގެ ވިޔަފާރި 2023 ވަނަ އަހަރު ގާތްގަނޑަކަށް 190.1 ބިލިއަން ޑޮލަރަށް އަރާފައި ވެއެވެ. އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ބުނާ ގޮތުގައި އެމެރިކާއިން އިންޑިއާއަށް އެކްސްޕޯޓް ކުރި މުދަލުގެ އަގު ގާތްގަނޑަކަށް 70 ބިލިއަން ޑޮލަރަށް އަރާއިރު، އެމެރިކާ އިންޑިއާއިން އިމްޕޯޓް ކުރަނީ 120 ބިލިއަން ޑޮލަރުގެ މުދަލެވެ. މީގެ އިތުރުން މޯދީ ވަނީ ޓްރަމްޕަށް ތައުރީފު ކުރައްވައި އޭނާވެސް ބޭނުންފުޅުވަނީ، "މޭކް އިންޑިއާ ގްރޭޓް އެގެއިން" ނުވަތަ "މިގާ"ގެ ދަށުން ތަރައްގީގެ މަސައްކަތް ކުރިއަށް ގެންދަވާށެވެ.

ގުޅުންހުރި ޚަބަރު