ދިވެހި|English 9 ޖުލައި 2026 · 04:23
Top banner
Advertisement
ޕްރޮފައިލް: އެކަކަށް މިނިވަން ހަނގުރާމަވެރިއެއް އަނެކަކަށް ޓެރަރިސްޓެއް
ދުނިޔެ

ޕްރޮފައިލް: އެކަކަށް މިނިވަން ހަނގުރާމަވެރިއެއް އަނެކަކަށް ޓެރަރިސްޓެއް

އއިބްރާހީމްް ސަމީރު15 ފެބްރުއަރީ 2025
  އިންޑިއާއިން ބޭރުގައި ދިރިއުޅޭ ސިކުންގެ މިނިވަން ގައުމެއް އުފެއްދުމަށް ވަކާލާތު ކުރާ މީހުންނަށް ކެނެޑާއާއި އެމެރިކާއާއި އިނގިރޭސިން ހިތްވަރު ދެއެވެ. މިމީހުންގެ އިސް ލީޑަރަކީ، އެމެރިކާގައި ދިރިއުޅޭ ގުރްޕަތުވަންތު ސިންގް ޕަންނޫ އެވެ. އޭނާ އިނޑިއާ ނުދެކޭތާ ދިހަވަރަކަށް އަހަރު ވެއްޖެއެވެ. އެކަމަކު އޭނާގެ ނަން އިންޑިއާގެ ސިޔާސީ އަދި ސަލާމަތީ ކޯރިޑޯތަކުގެ ތެރެއިން ގުގުމާލަ އެވެ. ފިލައިގެން އުޅޭ ކުށްވެރިންގެ ތެރޭގައި އޭނާ ހިމެނެއެވެ. ސިކުންގެ ސަޕޯޓަރުންނަށް އޭނާއަކީ މިނިވަންކަމުގެ ހަނގުރާމަވެރިއެކެވެ. އެމެރިކާއަށް އޭނާއަކީ ޖިއޮޕޮލިޓިކަލް މައްސަލައެއްގައި ބަނދެވިފައިވާ އުނދަގޫ މައްސަލައެކެވެ. އަދި ކެނެޑާއަށް އޭނާ އަކީ އިންޑިއާއާ އެކު އޮންނަ ފަސޭހަ ނޫން ސިޔާސީ ގުޅުންތަކުގައި ދުވަހެއް ދުވަހަކަށް ހޫނުވަމުން އަންނަ މައްސަލައިގެ ބައެކެވެ. ޕަންނޫ އަކީ އެމެރިކާ އާއި ކެނެޑާގެ ރަށްވެހިކަން އޮންނަ މީހެކެވެ. އޭނާއަކީ، އިންޑިއާ އިން ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ކަނޑައަޅާފައިވާ ޖަމިއްޔާއެއް ކަމަށްވާ ސިކްސް ފޯ ޖަސްޓިސް (އެސްއެފްޖޭ) ގެ އެންމެ މަޝްހޫރު މޫނެވެ. އިންޑިއާގެ ޕަންޖާބުގައި މިނިވަން ޚާލިސްތާނު ދައުލަތަކަށް އޭނާ ވަކާލާތު ކުރެއެވެ. އޭނާއަކީ އިންޑިއާއަށް ސަލާމަތީ ނުރައްކަލެކެވެ. ޚާލިސްތާނުގެ ހަރަކާތަކީ އާ ކަމެއް ނޫނެވެ. އެއީ 1980 ގެ އަހަރުތަކުގައި ވަރުގަދައަށް އުޅުނު އަދި އިންދިރާގާނދީއަށް ގޯލްޑަން ޓެމްޕަލްއަށް ހަމަލަ ދޭން ސިފައިން ފޮނުވަން ޖެހުނު މައްސަލައެވެ. އިންދިރާ ގާނދީ އަވަހާރަކޮށްލީވެސް އެމައްސަލައިންނެވެ. ޕަންނޫއަކީ އަބަދުވެސް އިންޑިއާއާއި ސިކުންނާއި އެމެރިކާއާއި ކެނެޑާގެ ގުޅުމުގެ ތިނެސްކަމުގައި އުދަގޫ ބަހުސްގެ ބައިވެރިއެކެވެ.

ގުޅުންހުރި ޚަބަރު