ދިވެހި|English 9 ޖުލައި 2026 · 04:25
Top banner
Advertisement
މައްސަލަ ހައްލު ކުރުމުގައި އިންޑިއާގެ ދައުރު މުހިންމު: ސުއިޒަރލެންޑްގެ ޚާރިޖީ ވަޒީރު
ދުނިޔެ

މައްސަލަ ހައްލު ކުރުމުގައި އިންޑިއާގެ ދައުރު މުހިންމު: ސުއިޒަރލެންޑްގެ ޚާރިޖީ ވަޒީރު

އއިބްރާހީމްް ސަމީރު17 ފެބްރުއަރީ 2025
އިންޑިއާއަކީ ދުނިޔޭގެ ދެކުނުގެ އިސް ގައުމު ކަމަށާއި އަދި އިންޑިއާއަކީ އެންމެނާއެކުވެސް ރަހުމަތްތެރި ގުޅުމެއް ބާއްވާ ޤައުމެއް ކަން، ސްވިޒަލޭންޑްގެ ސްޓޭޓް ސެކްރެޓަރީ އެލެގްޒެންޑަރ ފަސެލް ފާހަގަ ކުރައްވައިފިއެވެ. ދުނިޔެ ނާމާންވެ މިހާރު، ދުނިޔޭގައި ހިނގަމުންދާ ހަނގުރާމަތަކާ ބެހޭ ގޮތުން ސުވާލު ދެންނެވުމުން ފަސެލް ވިދާޅުވީ، މިމައްސަލަ ހައްލު ކުރުމަށް ދުނިޔެއަށް މޝްވަރާ ބޭނުންވާ ކަމަށާއި މިހާރު މިއޮތީ އެކަމަށް ވަގުތު އައިސްޖެހިފައި ކަމަށެވެ. އޭނާ ވިދާޅުވީ އިންޑިއާއަކީ މި މަސައްލަތަކަށް މެދުވެރިއެއްގެ ގޮތުގައި ވާހަކަ ދެއްކިދާނެ ޤައުމެއް ކަމަށެވެ. އޭނާ ވަނީ ދުނިޔޭގެ ލީޑަރޝިޕްގައި އިންޑިއާއާއި އިންޑިއާގެ ބޮޑު ވަޒީރުގެ ދައުރުގެ މުހިންމުކަން ފާހަގަ ކުރައްވާފައެވެ. އިންޑިއާގެ ޚާއްސަކަމަކީ އިންޑިއާއިން އެންމެނާއެކު ރަހުމަތްތެރި ގުޅުން ބާއްވާ ކަމަށާއި އެކަމުގެ ސަބަބުން އިންޑިއާއަށް ވާހަކ ދައްކަން ފަސޭހަވާނެ ކަމުގައި އޭނާ ފާހަގަ ކުރެއްވިއެވެ.

ގުޅުންހުރި ޚަބަރު