ދިވެހި|English 9 ޖުލައި 2026 · 04:25
Top banner
Advertisement
އިންޑިއާއި ޤަތަރު ވިޔަފާރީގެ އައު މަރުހަލާއަކަށް
ދުނިޔެ

އިންޑިއާއި ޤަތަރު ވިޔަފާރީގެ އައު މަރުހަލާއަކަށް

އއިބްރާހީމްް ސަމީރު19 ފެބްރުއަރީ 2025
ވިޔަފާރިއާއި ހަކަތައިގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށް ގަތަރުގެ އަމީރު އިންޑިއާއަށް ކުރައްވާ ދަތުރުފުޅުގައި ދެ ފަރާތުން ވަނީ އިޤްތިސާދާއި ވިޔަފާރީގެ މަޝްވަރާތައް ބާއްވަވާފައެވެ. އިންޑިއާ އާއި ގަތަރުގެ މަޝްވަރާތަކުގައި އިގްތިސާދީ އަދި ހަކަތައާ ބެހޭ އެއްބާރުލުން ބަދަހި ކުރުމަށް ނިންމާފައި ވެއެވެ. ގަތަރުގެ އަމީރު ޝެއިޚް ތަމީމް ބިން ހަމަދު އާލަސާނީގެ ދަތުރުފުޅުގެ ސަބަބުން ވިޔަފާރި ފުޅާކުރުމާއި އިންވެސްޓްމަންޓްތައް ފަހިކޮށް އިންވެސްޓު ކުރުމާ ބެހޭ، ގަވާއިދުތައް މިހާރަށް ވުރެން ހަރުދަނާކުރުމާއި ހަކަތައިގެ ރައްކާތެރިކަން ވަރުގަދަކުރުމުގެ މަގުސަދުގައި އެއްބަސްވުންތަކަކަށް މަޝްވަރާ ކުރުން ހިމެނެއެވެ. އިންޑިއާއަކީ، ގަތަރުގެ އެންމެ ބޮޑު ވިޔަފާރީގެ ބައިވެރިންގެ ތެރޭގައި ހިމެނޭ ޤައުމެކެވެ. އަދިއިންޑިއާ އިން 2022-23 ވަނަ އަހަރު ޤަތަރުން ގިނަ އަދަދަކަށް ގޭސް އެތެރެ ކޮށްފައި ވެއެވެ. ދެ ގައުމުގެ ވިޔަފާރީގެ ވޮލިއުމް 18.77 ބިލިއަން ޑޮލަރަށް އަރާފައިވެ އެވެ. ހަކަތައިގެ ދއިރާގެ ވިޔަފާރީގެ އިތުރުން، އިންޑިއާގެ ސާފު ހަކަތައަށް ބަދަލުވުމާއި ގަތަރުގެ އިގްތިސާދީ ތަފާތުކުރުމުގެ އަމާޒުތަކާ އެއްގޮތަށް އިންފްރާސްޓްރަކްޗާ، ފިންޓެކް، އަދި އިއާދަކުރަނިވި ހަކަތައާ ގުޅޭ ދާއިރާތަކުގައ އިންވެސްޓު ކުރުމަށް ޤަތަރުން ބޭނުންވާ  ކަންކަމެވެ. އަމީރުގެ މި ދަތުރުފުޅުގައި ގަތަރުގައި ތިބި އިންޑިއާގެ ދަރިކޮޅުގެ މީހުންގެ ހާލަތަށްވެސް ވާހަކަދައްކަވައި އެމީހުންގެ ދައުރަށް ތައުރީފު ކުރެއްވިއެވެ. އިންޑިއާގެ މަސްއޫޅުވެރިންގެ ލަފައަކީ، ލޭބަރުންގެ ދާއިރާ ހަރުދަނާކޮށް ތަރައްގީކުރުމާ ބެހޭ ގޮތުން އާ އެއްބަސްވުންތަކެއް އެކުލަވާލުމުން ދެ ގައުމުގެ އިގްތިސާދީ ގުޅުން އިތުރަށް ބަދަހިވެގެންދާނެ އެވެ.

ގުޅުންހުރި ޚަބަރު