ދިވެހި|English 9 ޖުލައި 2026 · 04:23
Top banner
Advertisement
ސްޓާލިންކް ލޯންޗް ކުރުމަށް ބަންގްލަދޭޝްގެ ޔޫނުސްގެ ދައުވަތު މަސްކަށް
ދުނިޔެ

ސްޓާލިންކް ލޯންޗް ކުރުމަށް ބަންގްލަދޭޝްގެ ޔޫނުސްގެ ދައުވަތު މަސްކަށް

އއިބްރާހީމްް ސަމީރު24 ފެބްރުއަރީ 2025
ބަންގްލަދޭޝްގެ ވަގުތީ ސަރުކާރުގެ ޗީފް އެޑްވައިޒަރު މުހައްމަދު ޔޫނުސް ވަނީ ސްޕޭސްއެކްސްގެ ބިލިއަނަރު އެލޮން މާސްކް އަށް ބަނގްލަދޭޝަށް ޒިޔާރަތް ކުރުމަށް ދައުވަތު ދެއްވާފައެވެ. ބަނގްލަދޭޝް އިން ރާވާފައި ވަނީ  ކުރިއަށް އޮތް 90 ދުވަހުގެ ތެރޭގައި ސްޓާލިންކް ސެޓެލައިޓް އިންޓަނެޓް ހިދުމަތް ބަނގްލަދޭޝްގައި ފަށާށެވެ. ފެބްރުއަރީ 19 ވަނަ ދުވަހު ފޮނުއްވި ދައުވަތު ސިޓީގައި ޔޫނުސް ވަނީ މި ދަތުރަކީ މަސްކް އަށް ބަނގްލަދޭޝްގެ ޒުވާނުންނާ ބައްދަލު ކުރުމުގެ ފުރުސަތެއް ކަމަށް ވިދާޅުވެފަ އެވެ. ޗީފް އެޑްވައިޒަރުގެ އޮފީހުން އެކްސްގައި ކުރި ޕޯސްޓެއް ގައި މިކަން ވަނީ ހާމަކޮށްފައެވެ. މަސްކުގެ މި ލީޑިން ޓެކްނޮލޮޖީގެ މައިގަނޑު ފައިދާ ލިބޭ ފަރާތްތަކުގެ ތެރޭގައި ހިމެނޭ ބަންގްލަދޭޝްގެ ޒުވާން އަންހެނުންނާއި ފިރިހެނުންނާ ބައްދަލުކުރުމަށް އެދިވަޑައިގަންނަވާ ކަމަށް ސިޓީގައި ވިދާޅުވެފައި ވެއެވެ. މައިކްރޯފައިނޭންސްގެ މަސައްކަތްތަކުން މަޝްހޫރުކަން ލިބިވަޑައިގެން ނޮބެލް އެވޯޑް ހޯއްދެވި ޔޫނުސް ދެކެވަޑައިގަންނަވާ ގޮތުގައި ސްޓާލިންކްގެ ޚިދުމަތް ބަނގްލަދޭޝްގައި ފެށުމުން އެޤައުމުގެ އެކަހެރިވެފައިވާ ކަންކޮޅުތަކުގައި އުޅޭ މީޙުންނަށް އިންޓަރނެޓް ލިބިގެން ދާނެއެވެ. އަދި މިއީ ބަނގްލަދޭޝަށް އަންނާނެ ބޮޑު ބަދަލެއް ކަމުގައި ވިދާޅުވިއެވެ. މަސްކާއި ޔޫނުސް ވަނީ 13 ވަނަ ދުވަހު ވީޑިއޯ ކޮންފަރެންސެއްގައިވެސް ޚިޔާލު ބަދަލު ކުރައްވައި ވާހަކަ ދައްކަވާފައެވެ. ގިނަ ފަރާތްތަކުން ދެކޭ ގޮތުގައި ބަނގްލަދޭޝްގެ ސަރުކާރު ބަދަލުކޮށްފައި ވަނީ އެމެރިކާ އަޑީގައި އޮވެގެންނެވެ.

ގުޅުންހުރި ޚަބަރު